ފިރިހެނުންނަށް ހާއްސަ ކަމަށްބުނާ މާމުއި އެތެރެކުރުން މަނާކޮށްފިއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން މިއަދު ބުނެފައިވަނީ، ރާއްޖޭގެ އޮންލައިން ޕޯޓަލްތަކާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ވިއްކަމުންދާ މާމުއިގައި ބޭހުގެ މާއްދާތަކެއް ހިމެނޭކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން މީގެކުރިން، 2022 ސެޕްޓެމްބަރު 12 ވަނަ ދުވަހުވެސް މިކަން އާއްމުންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށްވެސް އެ އޮތޯރިޓީން ފާހަގަ ކޮށްފައިވެއެވެ. އަދި މިފަދަ އުފެއްދުންތަކަކީ ޔޫއެސް އެފްޑީއޭއިން ވެސް ރައްކާތެރި ނޫން ކަމަށް ފާހަގަ ކޮށްފައިވާ އުފެއްދުންތަކެއްކަން ފުޑް އެންޑް ޑްރަގް އޮތޯރިޓީން ފާހަގަ ކޮށްފައިވެއެވެ.
#Alert pic.twitter.com/Jqi5CeEINS
— MFDA (@MFDA_mv) July 22, 2024
އެފްޑީއޭއިން ބުނެފައިވަނީ ޑޮކްޓަރީބޭސް އަޅާފައި ހުންނަ މިފަދަ އުފެއްދުންތައް ބޭނުން ކުރުމަކީ އިންސާނުންގެ ސިއްހަތަށް ނުރައްކާތެރި އަދި ބައެއް ހާލަތްތަކުގައި ފުރާނައަށް ނުރައްކާވެދާނެ ފަދަ ކަމެއްކަމަށެވެ. ވީމާ އެފަދަ ތަކެތި ބޭނުންކުރުމުގެ ސަބަބުން ލިބިދާނެ ސިއްހީ ގެއްލުންތަކުން ރައްޔިތުން ސަލާމަތް ކުރުމަށްޓަކައި މިފަދަ އުފެއްދުންތައް އިމްޕޯޓް ކުރުމާއި ވިއްކުމާއި އަދި ބޭނުން ކުރުމަކީ މަނާ ކަމެއްކަމުގައިވެސް އެފްޑީއޭއިން ވަނީ އަންގާފައެވެ.