Last Updated: September 8, 06:17
Sunday, September 8, 2024
ޚަބަރު

ޔޫރަޕްގެ ކޮލިޓީ ބޭސް ދިވެހިންނަށް ލިބޭނެ ގޮތް ހަދައިފި

މާލޭގައި ހުރި ބޭސް ފިހާރައެއް - ފޮޓޯ: އަވަސް

ޔޫރަޕްގެ ފެންވަރު ރަނގަޅު ބޭސް ރާއްޖެ ގެނައުމުގެ މަސައްކަތް ފަށައި، "ބަލްކް ޕްރޮކިއުމަންޓް" ސިޔާސަތު ތަންފީޒުކުރަން މިއަދު ފަށައިފި އެވެ.

ސަރުކާރުން ޔޫއެންޑީޕީއާ ގުޅިގެން އެސްޓީއޯ މެދުވެރިކޮށް ރައްޔިތުންނަށް ބޭނުންވާ ފެންވަރު ރަނގަޅު އަދި ރައްކާތެރި ބޭސް ގެންނަން ފަށާފައިވާ ޕްރޮޖެކްޓުގެ ދަށުން ގެނެވޭ ބޭސްތަކަކީ ސީދާ ބޭސް އުފައްދާ ކުންފުނިން ގަނެގެން ގެންނަ ތަކެއްޗެވެ.

ބަލްކް ޕްރޮކިއުމަންޓް ސިޔާސަތު މިއަދު ތަންފީޒު ކުރަން ފަށާފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ. އެގޮތުން މިއަދުން ފެށިގެން އެސްޓީއޯ މެދުވެރިކޮށް ހޯލްސޭލް އަދި ރީޓެއިލްކޮށް، ފުރަތަމަ ތައާރަފްކުރެވޭ ހަތް ބޭސް ލިބެން ފަށާނެ އެވެ. އާސަންދަ ނިޒާމު ހިމެނޭހެން ގުޅުންހުރި ހުރިހާ ނިޒާމުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނަން ނިންމާފައިވާއިރު، މި ބަދަލަށް އަހުލުވެރިވެ ތައްޔާރުވުމަށް ވަގުތު ބޭނުންވާ ފަރާތްތަކަށް އެކަށީގެންވާ ވަގުތުދީ، އަންނަ މަހުގެ އެކަކުން ފެށިގެން ހުރިހާ ބަދަލުތަކަށް އަމަލީ ސިފަ ގެންނަން ވަނީ ނިންމާފަ އެވެ.

ޔޫރަޕުން ގެންނަ ބޭސްތަކަށް ވެސް އާސަންދަ ނިޒާމްގެ ތެރެއިން ފުލް ކަވަރޭޖް ލިބޭނެ އެވެ.

ރައްޔިތުންނަށް ފެންވަރު ރަނގަޅު ބޭސް ލިބޭނެ މަގު ފަހިކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.