Last Updated: September 8, 06:39
Sunday, September 8, 2024
ޚަބަރު

"ދިވެހިންގެ ފަހުރުވެރި ގަރުދިޔަ ކާލަން އާދޭ" މިރޭ

"ދިވެހިންގެ ފަހުރުވެރި ގަރުދިޔަ ކާލަން އާދޭ" ގެ ނަމުގައި އެމްޑީޕީން މިރޭ ޖަލްސާއެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.

އެ ޖަލްސާ އޮންނާނީ ޗާންދަނީ މަގުގައި ހުންނަ ދަނޑިކޮށި ޖަގަހައިގަ އެވެ. ޖަލްސާ ފަށާނީ 8:30 ގަ އެވެ. މި ޖަލްސާގައި އެމްޑީޕީގެ ލީޑަޝިޕްގެ އެކި ބޭފުޅުންނާއި އާންމު ބައެއް މެންބަރުން ވެސް ވާހަކަ ދައްކާނެ އެވެ.

އެހެންވެ ޖަލްސާ އަށް ޕާޓީގެ ވީހާ ވެސް ގިނަ މެންބަރުން ބައިވެރިވުމަށް އެމްޑީޕީން ދައުވަތު އަރުވާފައިވެ އެވެ.

"ދިވެހިންގެ ފަހުރުވެރި ގަރުދިޔަ ކާލަން އާދޭ" ގެ ނަމުގައި އެންމެ ބޮޑު އިދިކޮޅު ޕާޓީން ޖަލްސާއެއް ބާއްވަން ނިންމީ މިދިޔަ ހަފުތާގެ ތެރޭގައި ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީން ބޭއްވި ހަރުގެ ޖަލްސާއެއްގައި ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފު ދެއްކެވި ވާހަކަތަކަކާ ގުޅުވަ އެވެ. އޭނަ ވަނީ ހަރަދު ކުޑަކުރުމުގެ ގޮތުން ދިވެހިން މިހާރު ގަރުދިޔަ އާއި ބަތް ކައިގެން، އާދައިގެ ދިރިއުޅުމަކަށް ތިރިވާން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

އާރިފުގެ އެ ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާ އިރު، މި ސަރުކާރުން ހަރަދު ކުޑަކުރުމުގެ ވާހަކަ ދައްކަމުން އަންނަ އިރު، ސިޔާސީ މަގާމުތައް އިތުރު ކުރަމުންދާތީ އެކަމަށް ވަރަށް ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.