Last Updated: October 18, 05:52
Friday, October 18, 2024
ޚަބަރު

އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑިއްޖެ

އައްޑޫގެ ގުޅިފައިވާ ހުރިހާ ރަށަކުން ކަރަންޓު ކެނޑިއްޖެ އެވެ.

ކަރަންޓު ކެނޑިފައިވަނީ، މިރޭ 10:30 ހާއިރު އެވެ. މިގޮތުން ހިތަދޫ، މަރަދޫ މަރަދޫ-ފޭދޫ އަދި ފޭދޫއިން ވަނީ ކަރަންޓު ކެނޑިފަ އެވެ.

ފެނަކަ އިން ބުނީ އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑުނީ އެޗްވީ ކޭބަލްއަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަމަށެވެ. އަދި ޖަނަރޭޓަރުތައް އަލުން ހިންގައި، ހިތަދޫގެ ބައެއް ސަރަހައްދުތައް ފިޔަވައި، ގުޅިފައިވާ ރަށްތަކުގައި ކަރަންޓް އިޔާދަ ކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށް ފެނަކަ އިން ބުނެ އެވެ.

އަދި ހިތަދޫގެ ލޯޑު ނުދެވި ހުރި ސަރަހައްދުތަކަށް ލޯޑު ދިނުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށްވެސް ފެނަކަ އިން ބުނެ އެވެ. މިކަމާ ގުޅިގެން ރައްޔިތުންނަށް ކުރިމަތި ވާނެ އުނދަގޫތަކަށް ފެނަކަ އިން ވަނީ މައާފަށް އެދިފަ އެވެ.