Last Updated: October 18, 11:00
Friday, October 18, 2024
ޚަބަރު

ތިނަދޫ ސްކޫލްގެ ދަރިވަރުންނަށް ފަތަން ދަސްކޮށް ދީފި

ތި ދޫ ސްކޫލުގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް އެމްއެންޑީއެފް ސަދަން އޭރިއާ އިން ހިންގައިފި އެވެ.

މިދިޔަ މަހުގެ 24 އިން މި މަހުގެ 19 އަށް ހިންގި ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމްގައި އެ ސްކޫލުގެ 48 ދަރިވަރަކު ބައިވެރިވިއެެވެ. އޭގެ ތެރޭގައި ހިމެނެނީ 26 ފިރިހެން ދަރިވަރުންނާއި 22 އަންހެން ދަރިވަރުންނެވެ.

ޕްރޮގްރާމް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލުކުރީ 38 ދަރިވަރެކެވެ. އެ ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށް ދެއްވީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކާޑެއްދޫ ޕޯސްޓްގެ އޮފިސަ އިންޗާޖް، ލެފްޓިނެންޓް ޢަލީ ރިޝްވާން އާއި، ކާޑެއްދޫ ޕޯސްޓްގެ އެންލިސްޓެޑް ލީޑަރު ސާޖަންޓް ފަސްޓް ކުލާސް ޝިފާޢު ޢަބްދުލް ހަކީމެވެ.

ފަތަން ދަސްކޮށް ދިނުމުގެ ޕްރޮގްރާމްގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވެފައި ވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސްވިމިން އިންސްޓްރަކްޓަރުންނެވެ.

ސިފައިން މިހާތަނަށް ރާއްޖޭގެ އެކި ހިސާބުތަކުގެ ވަރަށް ގިނަ ސްކޫލްތަކުގެ ދަރިވަރުންނާއި އާންމުންނަށް ވެސް ފަތަން ދަސްކޮށް ދިނުމުގެ ޕްރޮގްރާމްތައް ހިންގާގާފައިވެ އެވެ.