Last Updated: September 8, 06:39
Sunday, September 8, 2024
ދުނިޔެ

ކެރަލާގައި ނިޕާ ވައިރަސް ފެތުރެނީ

ސިކުނޑި އަށް ޖެހޭ ނުރައްކާތެރި ބައްޔެެއް ކަމަށްވާ "ބްރެއިން އީޓިން އެމީބާ އިންފެކްޝަން" ކެރަލާގައި ފެތުރެމުން ދަނިކޮށް، އެތަނުގައި ނިޕާ ވައިރަސް ވެސް ފެތުރެން ފަށައިފި އެވެ.

ޖަނަވާރުންގެ ޒަރީރާ އިން ޖެހޭ މި ބަލީގައި 14 އަހަރުގެ ފިރިހެން ކުއްޖަކު އާދީއްތަ ދުވަހު މަރުވުމާ ގުޅިގެން، އޭނައާ ކޮންޓެކްޓްވި އެންމެން ޓެސްޓްކޮށް މިހާރިު ތިބީ އެކަހެރިކޮށްްފި އެވެ.

ކެރަލާގެ ހެލްތު މިނިސްޓަރު ވީނާ ޖޯޖް ވިދާޅުވީ ނިޕާ ވައިރަހުގެ ބިރުވެރިކަން އަނެއްކާ ވެސް ބޮޑުވެފައިވާ އިރު، ބަލި ޖެހިފައިވާ އިތުރު 60 މީހަކު މިހާރު ފެނިފައިވާ ކަމަށެވެ. އެހެންވެ ބަލި އިތުރަށް ފެތުރިޔަ ނުދިނުމަށްޓަކައި ފިޔަވަޅުތަކެއް އަޅައި، ބަލިން ރައްކާތެރިވުމަށް އާންމުންނަށް އިރުޝާދު ވެސް ދެމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިދިޔަ އަހަރު ވެސް ކެެރަލާގައި ނިޕާ ވައިރަސް ފެތުރި ބަޔަކު މަރުވެފައިވެ އެވެ.

ދިވެހިން ވެސް އާންމުކޮށް ދަތުރުކޮށް އުޅޭ ކެރަލާ ސްޓޭޓުން އެންމެ ފުރަތަމަ ނިޕާ ވައިރަސް ފެނުނީ 2018 ގަ އެވެ. އެ އަހަރު ކެރަލާ އިން 17 މީހަކު މަރުވި އެވެ.

ނިޕާ ވައިރަސް އިންސާނުންނަށް ވާސިލު ވަނީ ޖަނަވާރުންގެ ޒަރީއާއިންނެވެ. ހާއްސަކޮށް ވާލާއި އޫރު ފަދަ އެއްޗެހީގެ ޒަރިއްޔާއިންނެވެ. މިއީ މިހާތަނަށް އެއްވެސް ފަރުވާއެއް ހޯދިފައެއް ނެތް ބައްޔެކެވެ.

ނިޕާގެ އަލާމާތްތަކުގެ ތެރޭގައި ހުންއައިމާއި ބޮލުގައި ރިއްސުމާއި ގައިގައި ރިއްސުމާއި ހޮނޑުލެވުމާއި ކަރުތެރެ ހަލާކުވުން ފަދަ ކަންކަން ހިމެނެ އެވެ.

ކެރަލާ އިން ނިޕާގެ ކޭސްތައް ފެނުމާ ގުޅިގެން އިންޑިއާގެ އެހެން ސްޓޭޓްތަކުން ވެސް މިހާރު ވަނީ އެކަމާ ގުޅޭ އެލާޓް ނެރެފަ އެވެ.