Last Updated: October 18, 10:45
Friday, October 18, 2024
ޚަބަރު

ޒުވާނުން ބިނާކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފި

ޒުވާނުން ބިނާކުރަން ޕްރޮގްރާމްތަކެއް ހިންގަން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އިއްޔެ ސޮއިކޮށްފައި ވަނީ މޯލްޑިވިސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ) އާއި މޯލްޑިވިސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ ކޮލެޖް (އެމްއައިޓީ) އާއި ދެމެދު ނެޝަނަލް އެޕްރެޓެންސްޝިޕް ޕްރޮގްރާމް އަދި ނެޝަނަލް ޓްރޭޑްޓެސްޓިން އެންޑް ސެޓްފިކޭޝަން ޕްރޮގްރާމްގެ ދަށުން ތަމްރީނު ފޯރުކޮށް ދިނުނަށެވެ.

އެމްއައިޓީގެ ފަރާތުން ސޮއިކުރެއްބީ ކޮލެޖްގެ މެނޭޖަރު އިބްރާހީމ ހަސަނެވެ. މޯލްޑިވިސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އެމްއެންއެސްޑީގެ ފަރާތުން ސޮއެކުރެއްވީ ސީއީއޯ. ޑރ. ޒަހްރާ މުޙައްމަދެވެ.

ދެހާސް އަށް ވަނަ އަހަރުން ފެށިގެން ޤައުމީ ފެންވަރުގައި ތަމްރީނުތައް ފޯރުކޮއްދެމުން އަންނަ އެމްއައިޓީ ކޮލެޖުން ވަނީ 47 ޕްރޮގްރާމެއް އެމްއެންއެސްޑީއޭގައި ރަޖިސްޓްރީކޮށްފަ އެވެ.

އެގޮތުން ރަސްމީ ނިޒާމުގެ ތެރެއިން ނެޝަނަލް އެޕްރެޓެސްޝިޕް ހިންގުމަށް ޖޫން 9، 2022 ގައި ސޮއެކުރެވުނު އެއްބަސްވުމުގެ ދަށުން، 361 ދަރިވަރަކު ތަމްރީނު ހާޞިލުކޮށްފައިވެ އެވެ. އަދި ޖެނުއަރީ 30، 2023 ސޮއިކިތި ރެވުނު އެއްބަސްވުމަށް ފަހު، ނެޝަނަލް ޓްރޭޑް ޓެސްޓިން އެންޑް ސެޓްފިކޭޝަން ޕްރޮގްރާމްގެ ދަށުން 70 ދަރިވަރަކު ސެޓްފިކެޓް ހާޞިލުކޮށްފައިވެ އެވެ.

މި ދެ ޕްރޮގްރާމްގެ މަގުސަދަކީ ޒުވާނުންގެ ހުނަރު އިރުތުކުރުމާއި ވަޒީފާގެ ބާޒާރުގައި މީހުން އުފެއްދުމެވެ.