Last Updated: September 8, 06:17
Sunday, September 8, 2024
ޚަބަރު

ކަރަންޓްގެ ޑިމާންޑް ބޮޑުވާތީ މަޝްވަރާކޮށްފި

މާލެ ސަރަހައްދުގައި ކަރަންޓްވެ ޑިމާންޑް ބޮޑުވަމުން އަންނާތީ އެކަމަށް ބޭނުންވާ ހައްލުތަކާ ގުޅޭ ގޮތުން އެންވަޔަރަމަންޓް މިނިސްޓްރީން ސިންގަޕޫރްގެ ކުންފުންޏަކާ އެކީ މަޝްވަރާކޮށްފި އެވެ.

މިނިސްޓަރު ތޯރިގް އިބްރާހީމް އިސްކޮށް ހުންނަވައިގެން މަޝްވަރާކުރެއްވީ ސިންގަޕޫރުގެ ފްލޯޓިން ޕަވަ ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްގެ ވެރިންނާ އެވެ.

އެ ބައްދަލުވުމުގައި މާލެ ސަރަޙައްދުގެ ކަރަންޓުގެ ބޭނުން އިތުރުވަމުން އަންނަ މިންވަރާއި، އެކި ބާވަތުގެ ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އުފެއްދުމުގެ ފުރުސަތުތަކާ ބެހޭ ގޮތުން މަޝްވަރާކޮށްފައިވެ އެވެ. އަދި އެ ދާއިރާ އިން ކުރިއަށް އޮތް ތަނުގައި ކުރެވިދާނެ މަސައްކަތްތަކާ ގުޅޭ ގޮތުން ވެސް ޚިޔާލު ބަދަލުކޮށްފައިވެ އެވެ.

މިނިސްޓަރު ވިދާޅުވީ، މާލެ ސަރަޙައްދަށް އުމްރާނީ ގޮތުން އަންނަ ކުރިއެރުންތަކާ އެކީ ކަރަންޓުގެ ބޭނުން އިތުރުވަމުންދާތީ، އެކަމަށް ދެމެހެއްޓެނިވި ޙައްލެއް ހޯދުމަކީ ސަރުކާރުގެ ވަރަށް އިސް އަމާޒެއް ކަމަށެވެ. އަދި އެކަމަށް ޙައްލު ހޯދުމުގައި އައު ޓެކްނޮލޮޖީ ބޭނުން ކުރުމާއި، ތިމާވެއްޓާ ރައްޓެހި ގޮތްތައް ބޭނުންކުރުމަށް ސަރުކާރުން އިސްކަންދޭ ކަމަށް ވިދާޅުވި އެވެ.