Last Updated: October 18, 10:45
Friday, October 18, 2024
މުނިފޫހިފިލުވުން

ސަންޖޭ އާއި ރަވީނާގެ ފިލްމު އަންނަ މަހު

އިންޑިއާގެ މަޝްހޫރު ތަރިން ކަމަށްވާ ސަންޖޭ ދަތާއި ރަވީނާ ޓަންޑަންގެ އާ ފިލްމު "ގުޅްޗާޅީ" ގެ ޕޯސްޓަރު ދައްކާލައި ފިލްމު ބެލުންތެރިންނަށް ދޫކޮށްލާ ތާރީހު ވެސް އިއުލާންކޮށްފި އެވެ.

ދެހާސް ބާވީހުގެ ތެރޭގައި މަސައްކަތް ފެށި މި ރޮމޭންޓިކް-ކޮމެޑީ ސިނަމާތަކަށް ގެނައުމުގެ ބަދަލުގައި ބެލުންތެރިންނަށް ދޫކޮށްލަން ހަމަޖެހިފައި ވަނީ ސްޓްރީމިން ޕްލެޓްފޯމް، ޖިއޯ ސިނެމާއިން އަންނަ މަހުގެ 9 ގަ އެވެ.

ބިނޯދް ކޭ ގާންދީ ލިޔެ، ޑައިރެކްޓްކުރި ފިލްމުގެ ކާސްޓްގައި މަޝްހޫރު ޓީވީ އެކްޓަރު ޕާތު ސަމްތާންގެ އިތުރުން ކުޝާލީ ޓަންޑަން ވެސް ހިމެނެ އެވެ. މިއީ "ކަސޯޓީ ޒިންދަގީ ކީ" ސީޒަން ދޭއް ފަދަ ސިލްސިލާތައް ކުޅުނު ޕާތުގެ ފުރަތަމަ ބޮލީވުޑް ފިލްމެވެ.

ކުޝާލީ އަކީ "ގުޅްޗާޅީ" ޕްރޮޑިއުސްކުރި ޓީ ސީރީޒްގެ މިހާރުގެ ވެރިޔާ ބުޝަން ކުމާރުގެ ކޮއްކޮއެކެވެ. ދެހާސް ބާވީހުގެ "ދޯކާ: ރައުންޑް ޑި ކޯނާ" އިން ބޮލީވުޑަށް ނުކުތް ކުޝާލީ ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި "ސްޓާފިޝް" އަދި "ދޭޅް ބިގާ ޒަމީން" ހިމެނެ އެވެ.

ސަންޖޭ އާއި ރަވީނާ އަލުން ފިލްމަކުން އެކީގައި "ގުޅްޗާޅީ" އިން ފެނިގެންދާ އިރު 90 ގެ ތެރޭގައި ދެ ތަރިން އެކީގައި ފިލްމުތަކެއް ކުޅެފައިވ އެވެ.