Last Updated: September 8, 06:17
Sunday, September 8, 2024
ޚަބަރު

ޝީޝާ އިން ހިލޭ ތެޔޮ ބަދަލުކޮށްދޭ ޕްރޮމޯޝަނެއް

ޝީޝާ އިން ސައިކަލު ސާވިސްކޮށްގެން ހިލޭ ތެޔޮ ބަދަލުކޮށްދޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މިއީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހޮންޑާ ބްރޭންޑުގެ ސައިކަލު އެތެރެކޮށް ވިއްކަމުން ކުންފުނި، ޝީޝާގެ ސާވިސް ސެންޓަރުތަކުން ޚިދުމަތް ހޯދާ ކަސްޓަމަރުންނަށް ހިލޭ ތެޔޮ ބަދަލު ކުރެވޭ ގޮތަށް ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ.

މި ޕްރޮމޯޝަނަކީ ހޮންޑާ ސައިކަލު ގެންގުޅޭ ހުރިހާ ކަސްޓަމަރުން ޤަވާއިދުން ކުރަން ޖެހޭ މެއިންޓެނެންސް ސާވިސް ކޮށްގެން ސައިކަލު ދުއްވާ މީހާގެ ރައްކާތެރި ކަމަށާއި ދުއްވާ ސައިކަލު އެންމެ ރަނގަޅު ކޮންޑިޝަންގައި ދިގު މުއްދަތެއްގައި ބެލެހެއްޓުމަށް އަދި މެއިންޓެނެންސް ޚަރަދު ކުޑަކޮށް ބެލެހެއްޓޭނެ ގޮތާއި މެދު ހޭލުންތެރިކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ.

މި މަހުގެ 21 އިން ފެށިގެން އަންނަ މަހުގެ 21 ގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ޤަވާއިދުން ކުރާ މެއިންޓެނެންސް ސާވިސް ނުވަތަ އިރެގިއުލާ މެއިންޓެނެންސް ސާވިސްއާ އެކީ ހިލޭ ތެޔޮ ބަދަލު ކުރުމުގެ ޚިދުމަތް ލިބިގެން ދާބެ ކަމަށް ޝީޝާ އިން ބުންޏެވެ.

އަދި ޝީޝާ އިން ގަންނަ ކޮންމެ ސައިކަލަކަށް ސާވިސް އިން 10 ޕަސެންޓް ޑިސްކައުންޓެއް ވެސް ލިބޭނެ އެވެ.

ޕީރިއަޑިކް މެއިންޓެނެންސް ސާވިސް ޝެޑިއުލް ކުރެވިފައި ވަނީ ފުރަތަމަ 1،000 ކިލޯމީޓަރު ހަމަވުމުން ކުރާ ގޮތަށެވެ. އަދި އޭގެ ފަހުން ކޮންމެ 6،000 ކިލޯމީޓަރެއް ހަމަވުމުން މެއިންޓެނެންސް ސާވިސް ކުރަން ޝީޝާއިން އިލްތިމާސްކުރެ އެވެ.

ޝީޝާގެ ސާވިސް ސެންޓަރުތަކުގައި މަސައްކަތް ކުރާ ފަރާތްތަކަކީ ކުންފުނީގެ ފަރާތުން މެއިންޓެނެންސްތައް ކުރުމަށް ތަމްރީނާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކެކެވެ. އަދި ސާވިސް ސެންޓަރުތަކުން ލިބޭ ސްޕެއަތަކަކީ ކުންފުނީގެ އޮރިޖިނަލް ސްޕެއަތަކެވެ.

ހޮންޑާ ސާވިސް ސެންޓަރުތަކުން ބުކިން ހެދުމަށް ވައިބާއިން މެސެޖްކޮށްލެވޭނެ އެވެ. މާލޭގެ ކޮއްލަވާ ސާވިސް ސެންޓަރުގެ ނަމްބަރަކީ 9643215 އެވެ.