Last Updated: September 8, 06:17
Sunday, September 8, 2024
މުނިފޫހިފިލުވުން

އަކްޝޭގެ "ކޭލް ކޭލް މޭ" ގެ ޕޯސްޓަރު ދައްކާލައިފި

އަންނަ މަހު ރިލީޒްކުރަން ހަމަޖެހިފައިވާ އަކްޝޭ ކުމާރުގެ ކޮމެޑީ ފިލްމު "ކޭލް ކޭލް މޭ" ގެ މޯޝަން ޕޯސްޓަރު މިއަދު ދައްކާލައިފި އެވެ.

އަންނަ މަހުގެ 15 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ ފިލްމަކީ ޓީ ސީރީޒް އަށް މުދައްސަރު އަޒީޒު ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. "ކޭލް ކޭލް މޭ" ގެ ކާސްޓްގައި ވާނީ ކަޕޫރް، ފަރުދީން ޚާން، ތާޕްސީ ޕައްނޫ، އަދިތިޔާ ސީލް، ޕްރަގިއާ ޖެއިސްވާލްގެ އިތުރުން ހުކުރު ދުވަހު ރިލީޒްކޮށް، ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ރޮމޭކްޓިކް ކޮމެޑީގެ ރޯލެއް ކުޅެފައިވާ އައްމީ ވާކް ވެސް ހިމެނެ އެވެ.

"ކޭލް ކޭލް މޭ" އަކީ މި އަހަރު ރިލީޒްވާ އަކްޝޭގެ ތިން ވަނަ ފިލްމެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ މި މަހުގެ 12 ގައި ރިލީޒްކުރި "ސަރްފީރާ" އެވެ. މި އަހަރު ރިލީޒްވި އަކްޝޭގެ ފުރަތަމަ ފިލްމަކީ އެޕްރީލްގައި ގެނެސްދިން "ބަޅޭ މިޔާ ޗޯޓޭ މިޔާ" އެވެ.

މި މަހުގެ 15 ގައި "ކޭލް ކޭލް މޭ" ސިނަމާތަކަށް ގެންނަ އިރު، އެ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމުތަކުގެ ތެރޭގައި ޝްރަދާ ކަޕޫރްގެ "އިސްތިރީ 2" އާއި ޖޯން އަބްރަހަމްގެ "ވޭދާ" ވެސް ހިމެނެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން "އިސްތިރީ 2" ގެ ހާއްސަ ފެނިލުމެއްގައި ވެސް އަކްޝޭ ހިމެނެ އެވެ.

މި އަހަރު ރިލީޒްވާން ހުރި އޭނަގެ އިތުރު ފިލްމުތަކުގެ ތެރޭގައި "ސްކައި ފޯސް" އާއި "ސިންގަމް އެގެއިން" ހިމެނެ އެވެ.