ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ބަންޑާރަ ނައިބުގެ އޮފީހުން މުއައްސަސަތަކާއެކު މަޝްވަރާ ބައްދަލުވުންތަކެއް ފަށައިފި އެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ބުނީ ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް އެެ އޮފީހުން ކުރަމުންދާ މަސައްކަތްތަކުގައި އޭސީސީ އާއި އޮޑިޓް އޮފީހާއި ބައްދަލުކޮށްފައިވާ ކަމަށެވެ.
ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަކީ ސަރުކާރުން ވަރަށް އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތެއް ކަމަށް އެ އޮފީހުން ބުނެ އެވެ.
ދައުލަތަށް ގެއްލިފައިވާ ފައިސާގެ ތެރެއިން 1.5 ބިލިއަން ރުފިޔާ ހޯދަން ދައުލަތުގެ އެކި އިދާރާތަކަށް މިހާތަނަށް އަންގާފައިވާ ކަމަށް އޭސީސީން ދާދިފަހުން ވަނީ ބުނެފަ އެވެ. ނަމަވެސް ދައުލަތަށް ހޯދަން އެދުނު ފައިސާގެ ތެރެއިން ހޯދުނީ އެންމެ 100 މިލިއަނެއްހާ ރުފިޔާ ކަމަށް އޭސީސީން ބުނެ އެވެ.
އޭސީސީން ވަނީ ފައިސާ ހޯދަން އަންގާ އިދާރާތަކުން ކަންކުރާ ގޮތް މޮނިޓާ ކުރުމަށް ތައްޔާރުވަމުންދާ ކަމަށްވެސް ބުނެފަ އެވެ.