Last Updated: September 8, 03:07
Sunday, September 8, 2024
ޚަބަރު

ތ. އަތޮޅުގެ 12 ރަށެއްގައި ސޯލާ ޕީވީ ނިޒާމް ގާއިމްކޮށްފި

ޕްރިޕެއަރިންގްއައުޓާ އައިލެންޑްސް ފޯ ސަސްޓެއިނެބިލިޓީ އެނާޖީ ޑިވެލޮޕްމެންޓް (ޕޮއިސްޑް) ގެ ދަށުން ތ. އަތޮޅުގެ 12 ރަށެއްގައި ސޯލާ ޕީވީ ނިޒާމް ގާއިމްކޮށްފި އެވެ.

ތ. އަތޮޅުގެ 12 ރަށުގައި ސޯލާ ޕީވީ ނިޒާމް ގާއިމްކުރުން ފާހަގަ ކުރަން ތ. ކިނބިދޫގައި މިއަދު ވަނީ ހާއްސަ ރަސްމިޔާތެއް ބާއްވާފަ އެވެ. ސޯލާ ޕީވީ ހައިބްރިޑް ޕަވަރ ސިސްޓަމްތައް އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤު އިބްރާހިމް އެވެ.

މި ޕްރޮޖެކްޓްގެ ދަށުން ތ. އަތޮޅުގެ 12 ރަށުގައި ޖުމުލަ 2.5 މެގަވޯޓްގެ ސޯލާ ހަރުކޮށް 2.758 މެގަވޯޓްގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް ވަނީ ހަރުކޮށްފަ އެވެ.

ޕޮއިސްޑް ޕްރޮޖެކްޓް އަކީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އާއި ފެނަކަ ކޯޕަރޭޝަން ގުޅިގެން އޭޝިއަން ޑެވެލޮޕްމެންޓް ބޭންކް ގެ އެހީގައި ކުރިޔަށްގެންދާ ޕްރޮޖެކްޓެކެވެ.