Last Updated: April 5, 17:18
Saturday, April 5, 2025
ޚަބަރު

ހިތަދޫން އެއް ގަޑިއިރަށް ކަރަންޓް ކަނޑަނީ

އައްޑޫ ސިޓީ ހިތަދޫގެ ކަރަންޓް ދިނުމަށް ބޭނުންކުރާ މައި އެޗްވީ ކޭބަލަކަށް ދިމާވި މައްސަލަ ހައްލުކުރެވެންދެން އެއް ގަޑިއިރަށް ކަރަންޓް ކަނޑަމުންދާނެ ކަމަށް ފެނަކައިގެ ހިތަދޫ ބްރާންޗުން ބުނެފި އެވެ.

ފެނަކައިގެ ހިތަދޫ ބްރާންޗުން މިރޭ ބުނީ ހިތަދޫގެ ކަރަންޓް ދިނުމަށް ބޭނުންކުރާ މައި އެޗްވީ ކޭބަލަކަށް ދިމާވި މައްސަލަ ހައްލުކުރެވެންދެން ދޭތެރެ ދޭތެރެއިން (އެއް ގަޑިއިރަށް) ކަރަންޓް ކަނޑަމުންދާނެ ކަމަށެވެ.

ކަރަންޓް ކެނޑިފައިވާ ވަގުތުތަކުގައި ދިމާވާ އެންމެހާ ދަތިތަކަށް ފެނަކަ އިން ވަނީ މައާފަށް އެދިފަ އެވެ.

އެޗްވީ ކޭބަލަކަށް ދިމާވި މައްސަލައަކާ ގުޅިގެން އައްޑޫގެ ގުޅިފައިވާ ރަށްތަކުން ރޭ ވަނީ ކަރަންޓް ކެނޑިފަ އެވެ. އަދި މިއަދު ވެސް ހިތަދޫގެ އެކި ސަރަހައްދުތަކުން އެކި ވަގުތުތަކުގައި އަންނަނީ ކަރަންޓް ކަނޑަމުންނެވެ.