Last Updated: October 18, 05:52
Friday, October 18, 2024
ޚަބަރު

ދިވެހި ކުއްޖެއްގެ ނޭވާ ހޮޅިން ޕިނެއް ނަގައިފި

ދިވެހި ކުއްޖެއްގެ ނޭވާ ހޮޅިން ޕިނެއް ނަގައިފި އެވެ.

އައިޖީއެމްއެޗުގައި މަސައްކަތް ކުރައްވާ، ނޭވާލާ ނިޒާމުގެ ޑރ. މުހައްމަދު އިސްމާއިލް ވިދާޅުވީ ދިވެހި ކުޑަ އަންހެން ކުއްޖެއްގެ ނޭވާހޮޅީގައި ތާށިވި ޕިނެއް އިއްޔެ ނަގާފައިވާ ކަމަށެވެ.

ޑރ. އިސްމާއިލް ވަނީ ބުރުގާގައި ޖަހާފައި ހުންނަ ޕިން އަނގަޔަށް ނުލުމަށް ކުދިންނަށް އިރުޝާދު ދިނުމަށް ބެލެނިވެރިންނަށް އިލްތިމާސްކޮށްފަ އެވެ.

މީގެ ކުރިން ވެސް އެފަދަ ހާދިސާތައް ހިނގައިގެން އައިޖީއެމްއެޗުގައި ފަރުވާ ދީފައިވެ އެވެ.