ހުޅުމާލޭ ފޭސް ދޭއްގައި އާޓިފިޝަލް ބީޗެއް ހެދުމުގެ މަސައްކަތް ފަށައިފި އެވެ.
ހައުސިން ޑިވެލޮލްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ އެ ބީޗް ހަދަނީ ފޭސ ދޭއްގެ ޓޫރިޒަމް ޒޯން "އާބަން އައިލް" ސަރަހައްދުގައި ކަމަށެވެ. އޭގެ މާ ބޮޑު ތަފުސީލެއް ނުދިން ނަމަވެސް އެ ކުންފުނިން ބުނީ ބީޗް ހެދުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ.
އަދި އެކަމާ ގުޅޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އެޗްޑީސީން ހިއްސާކޮށްފައިވެ އެވެ. އަދި އެ މަސައްކަތް ކުރިއަށްދާ ގޮތަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ބައްލަވާފައިވެ އެވެ.
ހުޅުމާލޭ ދެވަނަ ފިޔަވައްސާއި އަރބަން އައިލް ގުޅޭ ސަރަހައްދުގައި ތަރައްގީ ކުރަމުންދާ ޗެނަލް 2ގެ މަސައްކަތް ހަލުވި ކަމާއި އެކު ކުރިއަށް.#އެޗްޑީސީއާއެކު pic.twitter.com/vMbfHSCFxd
— Housing Development Corporation (@hdcmaldives) July 11, 2024
ގިނަ ބަޔަކު އާބާދުވަމުން އަންނަ ހުޅުމާލޭގެ ފޭސް ދޭއްގެ ރައްޔިތުންނަށް ބޭނުންވާ ތަފާތު ވަަސީލަތްތައް އެ ތަނުގައި ގާއިމުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.