Last Updated: October 18, 10:07
Friday, October 18, 2024
ދުނިޔެ

ސީކްރެޓް ސާވިސްގެ ވެރިޔާ އިސްތިއުފާ ދީފި

މީގެ ހަފުތާއެއްހާ ދުވަސް ކުރިން އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން ސީކްރެޓް ސާވިސްގެ ޑިރެކްޓަރު ކިމްބަލީ ޗީޓްލް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަކުރައްވާ ޓްރަމްޕަށް ކެމްޕޭން ރޭލިއެއްގެ ތެރޭގައި ހަމަލާދިނީ މި މަހުހެ 13 ވަނަ ދުވަހު އެވެ. އެ ހާދިސާއާ ގުޅިގެން ސީކްރެޓް ސާވިސް އަށް ގިނަ ބައެއްގެ ފާޑުކިޔުންރައް އަމާޒުވެ، ކިމްބަލި އެމެރިކާގެ ކޮންގްރެސް އަށް ހާޒިރުކޮށް މީގެ ދެ ދުވަސް ކުރިން ސުވާލު ވެސް ކޮށްފައިވެ އެވެ

އޭނަ މަގާމުން އިސްތިއުފާ ދެއްވީ މި މަރުހަލާ ކުރިއަށް ދަނިކޮށެވެ.

އެގޮތުން އިސްތިއުފާ ދެއްވައި ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވނަި ޓްރަމްޕަށް ދެވުނު ހަމަލާ އަކީ ސީކްރެޓް ސާވިސްގެ ފެއިލިއާއެއް ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެކަމުގެ ޒިންމާ ވެސް ނަންގަވާ ކަމަށެވެ. ކިމްބަލީ މަގާމުން އިސްތިއުފާ ދެއްވި އިރު، އޭނަ މަގާމުން އިސްތިއުފާ ދެއްވުމަށް ރިބަޕްލުިކަން ޕާޓީ އާއި ޑިމޮކްރެކްޓް ޕާޓީން ވެސް ގޮވާލާފައިވެ އެވެ.

ޓްރަމްޕް އަވަހާރަށްލން ޕެންސިްވީނިއާގައި ބަޑިން ދިން ހަމަލާގައި ވަޒަން އެރީ ކަނާތު ކަންފަރތަށެވެ. އެ ހާދިސާގައި ސީރިއަސް އެއްވެސް އަނިޔާއެއް ނުލިބި ޓްރްމަޕް ސަލާމަތްވެވަޑައިގަތެވެ. ނަމަވެސް ރެލީގެ ތެރެއިން އެކަކު މަރުވެ، އިތުރު ދެ މީހަކު ވަރަށް ބޮޑަށް ޒަހަމްވި އެވެ.

ޓްރަމްޕަށް ހަމަލާދިން ތޯމަސް މެތިއު ކްރޫކްސް، 20، ވަނީ ސީކްރެޓް ސާވިސްގެ އޮފިސަަރަކު ދިން ހަމަލާއެއްގައި މަރުވެފަ އެވެ. ތޯމަސް ހަމަލާ ދިނީ ރެލީ ކުރިއަށް ދިޔަ ސަރަހައްދާ މާ ދުރު ނޫން ހިސާބެއްގައި ހުރި ތިރި އިމާރާތެއްގެ ފުރާޅު މަތީގައި އޮވެގެންނެވެ.