Last Updated: September 8, 06:17
Sunday, September 8, 2024
ޚަބަރު

މެރިން ސައިންސް ސިމްޕޯސިއަމް ފަށައިފި

ފަސް ވަނަ "މޯލްޑިވްސް މެރިން ސައިންސް ސިމްޕޯސިއަމް" މިއަދު ފަށައިފި އެވެ

ގައުމީ ޔުނިވަސިޓީގެ ޔުނިވާސިޓީގެ ސެންޓްރަލް އޮޑިޓޯރިއަމްގައި މި ސިމްޕޯސިއަމް މިއަދު އިފުތިތާހުކޮށް ދެއްވީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމެވެ.

މާދަމާގެ ނިޔަލަށް ކުރިއަށް ގެންދަން ނިންމާފައިވާ "މޯލްޑިވްސް މެރިން ސައިންސް ސިމްޕޯސިއަމް" އަކީ މިނިސްޓްރީގެ ދަށުން ހިންގާ މޯލްޑިވްސް ރިސާޗް އިންސްޓިޓިއުޓުން އިންތިޒާމުކުރާ އިވެންޓެކެވެ. މި ސިމްޕޯސިއަމް ބާއްވަނީ މިއީ ކޮންމެ ދެ އަހަރުން އެއް އަހަރު އެވެ.

މި އަހަރު ސިމްޕޯސިއަމްގައި 63 ދިރާސާ އާއި 35 ޕްރެޒެންޓޭޝަނާއި 28 ޕޯސްޓަރު ހިމެނޭނެ އެވެ. ހުށަހަޅާ ކަރުދާސްތައް މައިގަނޑުގޮތެއްގައި ބެހިގެން ދަނީ ހަ ދާއިރާއަކަށެވެ. އެއީ ކޮރަލްސް އެންޑް ރީފް އިކޮލޮޖީ، ފިޝަރީޒް އެންޑް އެކުއަކަލްޗާ، ޝާކްސް އެންޑް ރޭސް، އަދާ މެރިން މެގަ-ފައުނާ، މެންގްރޫވްސް އެންޑް ސީ ގްރާސެސް އަދި މިސެލޭނިއަސް މެރިން ތީމްސް އެވެ.

މި ސިމްޕޯސިއަމްގައި ރާއްޖޭގެ ކަނޑުތަކުގެ ދިރާސާތައް ކުރަމުގައި ހަރަކާތްތެރިވާ ޖަމްއިއްޔާތަކާއި، ޔުނިވާސިޓީތަކުން ކޮށްފައިވާ ދިރާސާތައް ވެސް ހިމެނޭނެ އެވެ. ސިމްޕޯސިއަމް ށް ހުށަހަޅާފައިވާ ދިރާސާތަކުގެ މައުލޫމާތު ވީހާ ވެސް ގިނަ ބަޔަކަށް ފޯރުކޮށް ދިނުމަށްޓަކައި އޮންލައިންކޮށް ބެލޭނޭ ގޮތް ވެސް ހަމަޖެހިފައިވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ދެހާސް ސޯޅަ އިން ފެށިގެން ބާއްވަމުން އަންނަ ސިމްޕޯސިއަމްގެ މަގުސަދަކީ، ރާއްޖޭގެ ކަނޑުތަކުގައި ކުރާ ތަފާތު ދިރާސާތައް އެއް ތަނެއްގައި ހިއްސާކޮށް މަޝްވަރާ ކުރުމަށް މަގުފަހިކޮށް ދިނުމެވެ.