އައްޑޫ ސިޓީ ކައުންސިލްގެ "ސްޓާފް ނައިޓް 2024" ކުލަ ގަދަކޮށް ބާއްވަން ނިންމައި، އެ އިވެންޓްގެ އިންތިޒާމުތައް ހަމަޖައްސައި ދޭނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވާލައިފި އެވެ.
ކައުންސިލުން ބުނީ މުޅި އިވެންޓްގެ ޑެކަރޭޝަނާއި ލައިޓިން އާއި ސައުންޑާއި ސީޓީން އާއި ހޯލާއި ވޯކްވޭ ޑެކަރޭޝަނާއި ޑިޒައިނިން އާއި ސެންޓަޕީސް ހެދުމާއި ޕޯޑިއަމާއި ފޮޓޯ ބޫތާއި ބެކްޑްރޮޕް ކޮންސެޕްޓާ އެކު މުޅި އިވެންޓް އޯގަނައިޒްކުރުމާއި ފޮޓޯ އާއި ވީޑިއޯ ނެގުމުގެ މަސައްކަތްކޮށް ދޭނެ ބަޔަކު ބޭނުންވާ ކަމަށެވެ.
އެހެންވެ އެފަދަ ޚިދުމަތްތައް ދޭ ރެޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 7 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
ކައުންސިލުން ބުނީ ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 30 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ރަޖިސްޓްރީވާން ޖެހެނީ ކުންފުނި ނުވަތަ ވިޔަފާރީގެ ނަމާއި ފޯން ނަންބަރު އަދި މެއިލް އެޑްރެސް މި މެއިލް tender@adducity.gov.mv އަށް ފޮނުވައިގެންނެވެ.
މި ބީލަމާ ގުޅޭ ގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަނެއް މި މަހުގެ 31 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ކައުންސިލް އިދާރާފައި އޮންނާނެ އެވެ.
އައްޑޫ ކައުންސިލްގެ "ސްޓާފް ނައިޓް" ކުލަ ގަދަކޮށް ބާއްވަން ނިންމި އިރު، ހަރަދުތައް ކުޑަކުރަން ސަރުކާރުން ވަނީ އަންގައިފަ އެވެ.