Last Updated: September 8, 06:39
Sunday, September 8, 2024
ޚަބަރު

މިދިޔަ ސަރުކާރުގައި ފެނަކަ ވަނީ ބަނގުރޫޓު ކޮށްލާފައި

މެންބަރު މުހައްމަދު ޝާހިދު (ޝާޑު)- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މިދިޔަ ސަރުކާރުގައި ފެނަކަ ބަނގުރޫޓު ކޮށްލާފައިވާ ކަމަށް ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑު) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަނީ އައްޑޫސިޓީން ކަރަންޓު ކެނޑޭ މައްސަލައިގައި ކުއްލި މައްސަލައެއް ހުށަހަޅާފައެވެ. މި ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ހިތަދޫ ދެކެނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލްއެވެ.

މި ކުއްލި މައްސަލައަށް ވާހަަކ ދައްކަވަމުން ޝާޑު ވިދާޅުވީ ކަރަންޓުގެ މައްސަލަތައް ދިމާވެގެން އައި ގޮތާމެދު ވާހަކަ ދައްކަންޖެހޭ ކަމަށެވެ. އެގޮތުން ކަރަންޓުގެ މައްސަލަ ދިމާވަނީ ކޮންމެހެން އިންޖީނުގެ މައްސަލައަކުން ނޫންކަމަށް ޝާޑު ވިދާޅުވިއެވެ. އައްޑޫސިޓީގެ މަގުތައް ހެދުމަށް ކުރީ ސަރުކާރުން ބަޔަކާ ހަވާލުކޮށްފައިވާ ފާހަގަކޮށް ޝާޑު ވިދާޅުވީ އައްޑޫ މަގުތަކުގެ މަސައްކަތް ކުރިއަށްދާތާ އެތައް އަހަރެއް ވެފައިވާ ކަމަށާއި އަދި އެ މަގުތައް އަވަހަށް ނިންމުމަށް މި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މަގުހެދުމުގެ މަސައްކަތް ކުރިއަށްާއިރު އެ މަސައްކަތް ކުރާ ފަރާތްތަކުންވެސް ބަލަންޖެހޭ މިންވަރަށް ނުބަލާ މަސައްކަތް ކުރުމުން ކަރަންޓު މެދުކެނޑުމަށް މެދުވެރިވާ ކަމަށް ޝާޑު ވިދާޅުވިއެވެ.

މީގެއިތުރުން ޝާޑު ވިދާޅުވީ މިދިޔަ ސަރުކާރުން ފެނަކަ 4 ބިލިއަނަށްވުރެއް މަތިން ދަރުވާލާފައިވާ ކަމަށާއި، އަދި ސިޔާސީ ގޮތުން 9000 އަށްވުރެ ގިނަ މުވައްޒަފުން ފެނަކަަށް ލާފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން މުޅި ކުންފުނި ބަނގުރޫޓުވެފައިވާ ކަމަށް ޝާޑު ވިދާޅުވިއެވެ.