Last Updated: September 8, 06:39
Sunday, September 8, 2024
ޚަބަރު

ކާވާ ވޮލީގެ އަންހެން ޗެމްޕިއަނަކަށް ކިރްގިސްތާން

ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) 20 އަހަރުން ދަށުގެ އަންހެން ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ކިރްގިސްތާނުން ހޯދައިފި އެވެ.

ރޭ މާލޭގައި ނިންމައި މުބާރާތުގެ ޗެމްޕިއަންލަން އެ ގައުމުން ހޯދީފައިނަލުގައި ސްރީ ލަންކާ ބަލިކޮށް ތިން ސެޓުން ކުރި ހޯދައިގެންނެވެ.

ހަތަރު ޓީމު ވާދަކުރި މުބާރާތުގެ ޑްރީމް ޓީމްގެ ގޮތުގައި ހޮވާފައު ވަނީ ކިރްގިސްތާނުގެ ރޯޒާ، ލަންކާގެ ޗަތުރި، ކިރްގިސްތާނުގެ ސައިކަލް، ލަންކާގެ ސެސަންދީ ރުވަންޔާ، ކިރްގިސްތާނުގެ އައިތުރްގަން، އަދި ސްރީ ލަންކާގެ ލޮކޫ ވިޖެސިންގަލަގާ އެވެ.

މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިއަކަށް ހޮވިފައި ވަނީ ކިރްގިސްތާނުގެ ރޯޒާ އެވެ. މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވުނީ ވަނީ ރާއްޖެއެވެ. އަދި މުބާރާތުގެ ތިން ވަނަ ޓީމަކީ ނޭޕާލެވެ.

މުބާރާތުގެ ފައިނަލް މެޗު ޝަރަފްވެރިކޮށް ދެއްވީ ފަސްޓްލޭޑީ ސާޖިދާ މުޙައްމަދެވެ.

މި މަހުގެ 18 އިން ރެއާ ހަމައަށް ކުރިއަށް ގެންދިޔަ މުބާރާތުގައި ވާދަކުރީ ރާއްޖެ، ލަންކާ، ކިރިގިސްތާންގެ އިތުރުން ނޭޕާލެވެ.