Last Updated: October 18, 10:07
Friday, October 18, 2024
ޚަބަރު

އައްޑޫ ރައްޔިތުން ހާލުގައި ތިބީ ފެނަކައިގެ އިސްރާފާ ހެދި

މެންބަރު މުހައްމަދު އައްބާސް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އައްޑޫ ރައްޔިތުން ދަތިހާލުގައި ތިބީ މިދިޔަ ސަރުކާރުގައި ފެނަކައިން ކުރި އިސްރާފުގެ ސަބަބުން ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަނީ އައްޑޫސިޓީން ކަރަންޓު ކެނޑޭ މައްސަލައިގައި ކުއްލި މައްސަލައެއް ހުށަހަޅާފައެެވެ. އެ ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުން އައްބާސް ވިދާޅުވީ ދެމެހެއްޓެނިވި ތަރައްގީގެ ރަނގަޅު ޕްލޭނެއް ނެތި ފާއިތުވި 5 އަހަރު، ފެނަކައިން ހައްދެއް ނެތް މިންވަރަށް ސިޔާސީ މަންފާއަށްޓަކައި ކުރި އިސްރާފުގެ ސަބަބުން އައްޑޫގެ ރައްޔިތުން މިއަދު ދަތި ހާލު ތަހައްމަލު ކުރަމުންދާ ކަމަށެވެ.

އެމްޑީޕީގެ ވެރިކަމުގައި ފެނަކައިން މަސައްކަތް ކުރީ ފޭކް އެއްޗެހި ގެނެސްގެން ހުރި ރަނގަޅު އެއްޗެހީގެ "ދުވަސް ދުއްވާލުމަށް" ކަމަށް އައްބާސް ތުހުމަތު ކުރެއްވިއެވެ.

"އެެހެންވީމަ މިއޮތީ 100 ޑޮލަރަށް ލިބޭ ފިލްޓަރު، 0400 ޑޮލަރަށް ބިލްކޮށްފައި އެހުންނަނީވެސް." އައްބާސް ތުހުމަތު ކުރެއްވިއެވެ.

މުހިންމު ބޮޑެތި މައްސަލަތަކުގައި އިދިކޮޅު ފަރާތްތަކުންވެސް ކުންފުނިތަކުގެ ވެރިންނާއި ވަޒީރުންނާއި މަޝްވަރާ ކުރުމަކީ މުހިންމު ކަމެއްކަމަށް އައްބާސް ވިދާޅުވިއެވެ. އަދި އެކަންނުކޮށް ކުއްލި މައްސަލަ ހުށަހަޅައިގެން "ޗަރުކޭސް ކުޅުން" ހުއްޓާލަންޖެހޭ ކަމަށް އައްބާސް ވިދާޅުވިއެވެ.