Last Updated: October 18, 10:18
Friday, October 18, 2024
ދުނިޔެ

މިޔަރުތަކެއް ކޮކެއިން އަށް ޕޮޒިޓިވްވެއްޖެ!

މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން އަށް މިޔަރުތަކެއް ޕޮޒިޓިވްވުމާ ގުޅިގެން މިކަމާ ގުޅޭ ގޮތުން އިތުރު ހޯދުންތަކެއް ހޯދަން ނިންމައިފި އެވެ.

ކޮކެއިން ޕޮޒިޓިވްވި މިޔަރުތަކެއް ފެނިފައި ވަނީ ބްރެޒިލްގެ ރިއޯ ޑި ޖެނީރޯއިންނެވެ.

މަސްމަހާ މެހި ފަދަ ކަނޑުގެ ދިރުންތަކަށް މަސްތުވާތަކެތީގެ އަސަރުކޮށްފައިވާނެ ކަމަށް ކުރިން ވެސް ފާހަގަ ކުރެވިފައިވާތީ އެކަމާ ގުޅޭ ގޮތުން އޮސްވާލްޑޯ ކްރޫޒް ފައުންޑޭޝަނުން ކުރިއަށް ގެންދިޔަ ދިރާސާއެއްގެ ތެރެއިން ވަނީ ރިއޯގެ އައްސޭރި ހިސާބުން ކޮކެއިންގެ އަސަރު ފެނިފައިވާ 13 މިޔަރު ފެނިފަ އެެވެ. އަދި އެ އެއްޗިއްސަށް ކޮއިންގެ އަސަރުކޮށްފައި ހުރީ ކުރިން ލަފާކުރެވުނު ވަރަށް ވުރެ 100 ގުނަ މަތީގެ މިންވަރަކަށް ކަމަށް ވެސް ދިރާސާ ޓީމުން ބުނެފައިވެ އެވެ.

މިއީ މިޔަރުތަކެއް ކޮކެއިން އިން ޕޮޒިޓިވްކަން ފާހަގަކުރެވުނު ފުރަތަމަ ފަހަރު ވެސް މެ އެވެ.

މި ދިރާސާގައި މަސައްކަތް ކުރެއްވި ސައިންްސްވެރިން ޓީމުން ވިދާޅުވެފައި ވަނީ ކަނޑުގެ ދިރުންތަކަށް މަސްތުވާތަކެތީގެ އަސަރުކޮށްފައި ވަނީ މަސްތުވާތަކެތީގެ ތަފާތު މުއާމަލާތްތައް ކުރާ މީހުން ކަނޑުމަތީގައި ގަވާއިދާ ހިލާފަށް ވަރަށް ފުޅާކޮށް މިހާރު އެކަން ކުރާތީ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

ކަނޑު އަޑީގައި ވެސް މަސްތުވާތަކެތި ރައްކާކުކޮށްގެން ޓްރެފިކް ކުރުމުގެ މައްސަލަތައް ދޭތެރެ ދޭތެރެ އިން ދުނިޔޭގެ އެކި ހިސާބުތަކން ފެންމަތިވާކަން ފާހަގަކުރެވެ އެވެ. އެހެންވެ ދިރުންތަކަށް މަސްތުވާތަކެތީގެ އަސަރުކުރާނެ ކަމަށް އޮތީ ބެލެވިފަ އެވެ.

އޮސްވާލްޑޯ ކްރޫޒް ފައުންޑޭޝަންގެ ދިރާސާއާ ގުޅިގެން ލީރިއާ ޕޮލިޓެކްނިކް ޔުނިވަސިޓީގެ މެރިން އެންޑް އެންވަޔަރަމަންޓް ސައިންސެސް ސެންޓަރުގެ މެރިން އިކޯ-ޓޮކްލޮޖިސްޓް ސާރާ ނޮވައިސް ވިދާޅުވީ ދިރާސާގެ ނަތީޖާ އަކީ މުހިއްމު ކަންތައްތަކެއް ހާމަވެގެ ދިޔަ ދިރާސާއެއް ކަމަށެވެ.

"އެހެންވެ މި ދިރާސާގެ އަލީގައި މިހާރު އެބަޖެހޭ ކޮކެއިންގެ އަސަރުކޮށްގެން އަންހެން މިޔަރުތަކުގެ ދަރިމައިވުމަށާއި މިޔަރު އާލާވުމާއި މިޔަރުގެ ބީހެވިއާ އަށް އެއްވެސް ކަހަލަ އަސަރެއް ކުރޭތޯ ބަލަން." އޭނަ ވިދާޅުވި އެވެ.