Last Updated: October 18, 10:31
Friday, October 18, 2024
ދުނިޔެ

ނޭޕާލްގެ ބޯޓެއް ވެއްޓި 18 މަރު

ނޭޕާލްގައި މަތިންދާބޯޓެއް މިއަދު ވެއްޓި އެއިން ދަތުރުކުރި 18 މީހަކު މަރުވެއްޖެ އެވެ.

މީޑިއާތަކުން ބުނީ ނޭޕާލްގެ ޓޫރިސްޓް މަންޒިލެއްގެ ގޮތުގައި މަގުބޫލު ޕޮކާރާ އަށް ދަތުރު ފެށި ބޯޓް ވެއްޓުނީ ކަތަންޑޫން ފުރިތާ ކުޑަ އިރިކޮޅެއްގެ ތެރޭގައި ކަމަށެވެ. ބޯޓް ވެއްޓި އޭގައި ރޯވި އިރު، އެ ހާދިސާގައި ސަލާމަތްވީ ބޯޓްގެ ޕައިލެޓް އެކަންޏެވެ.

އޭނަ އަށް އަންނަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.

ވެއްޓުނު ބޯޓަކީ ސޯރިއާ އެއާލައިންސްގެ ބޯޓެކެވެ. އަދި ބޯޓް ވެއްޓުނީ ޓެސްޓް ދަތުރުތަކަށް ނައްޓައިލި ތަނާ އެވެ. ބޯޓްގައި ތިބީ މުޅިން ވެސް އެއާލައިންގެ މުވައްޒަފުންނެވެ.

މި ހާދިސާ މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.