Last Updated: September 8, 03:07
Sunday, September 8, 2024
ޚަބަރު

ކުމުންދޫގެ ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތް ނިމިއްޖެ

އެމްޑަބްލިއުއެސްސީން ހދ. ކުމުންދޫގައި ކުރިއަށް ގެންދާ ފެނާއި ނަރުދަމާ ނިޒާމުގެ ގާއިމުކުރުމުގެ މަސައްކަތް ނިމިއްޖެ އެވެ.

އެމްޑަބްލިޔުއެސްސީން ބުނީ ހދ.ކުމުންދޫގެ ފެނާއި ނަރުދަމާ ނިޒާމް ކޮމިޝަންކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިޔައީ ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި ފެނަކަ އަދި އެކުންފުނީގެ ބޭފުޅުން އެ ރަށަށް ވަޑައިގެން ކަމަށެވެ.

މިމަޝްރޫޢުގެ ދަށުން، ކުމުންދޫގައި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ ޤާއިމްކޮށް، ފެނާއި ނަރުދަމާ ހޮޅީގެ މައިނެޓްވޯރކް އަޅައި އަދި ގޭގެޔަށް ފެނާއި ނަރުދަމާ ކަނެކްޝަން ވަނީ ގުޅައިދީފަ އެވެ.

މީގެ އިތުރުން، ފެންރައްކާކުރުމަށް ތާންގި ބަހައްޓައި، ބޯހޯލް ތޮރުފައި، ޕަންޕިންގ ސްޓޭޝަނާއި، ސީ އައުޓް ފޯލް އަދި ރިޖެކްޓް ލައިންވެސް ވަނީ އަޅާފައެވެ. މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސަމާނު ފޯރުކޮށްދެވިގެން ދާނެ އެވެ.

ކުމުންދޫގެ ފެނާއި ނަރުދަމާ މަޝްރޫޢުގެ ޖުމްލަ އަގަކީ 102.17 މިލިއަން ދިވެހި ރުފިޔާ އެވެ.