Last Updated: September 8, 06:39
Sunday, September 8, 2024
ޚަބަރު

މިނިވަން ދުވަހު މާލޭގައި ވެހިކަލް ދުއްވުން މަނާ

މި އަހަރުގެ މިނިވަން ދުވަސް އަންނަ ހުކުރު ދުވަހު ފާހަގަކުރާ އިރު، މާލޭގައި އެ ދުވަހު ހަވީރު ވެހިކަލް ދުއްވުން މަނާވާނެ ކަމަށް ސިޓީ ކައުންސިލުން މަނާކޮށްފި އެވެ.

ކައުންސިލުން ބުނީ ވެހިކަލް ދުއްވުން މަނާ ކުރަން ނިންމީ މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމީ ކެޑޭޓް ކޯ އާއި އެމްއެންޑީއެފް އެއްވަގުތެއްގައި މާލޭގެ ބޮޑެތި މަގުތަކުގައި ހިނގާލުމެއް ކުރިއަށް ގެއްދިއުމަށް ހަމަޖެހިފައިވާތީ ކަމަށެވެ. އެގޮތުން އެ ހިނގާލުން ކުރިއަށްދާ ވަގުތު މާލޭގެ މަގުތަކުގެ ޓްރެފިކް ފްލޯ މެނޭޖުކުރުމަށް ދަތިވާނެތީވެ، ހުކުރު ދުވަހު ހަވީރު 4:00 ފެށިގެން އިރުއޮއްސި 6:00 އާ ހަމައަށް އުޅަނދު ދުއްވުން މަނާވާނެ އެވެ.

މިނިވަން ދުވަހުގެ ގޮތުގައު ފާހަގަކުރަނީ ޖުލައި 26 އެވެ. މި އަހަރު ފާހަގަ ކުރާނީ ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހެވެ.