Last Updated: September 8, 06:39
Sunday, September 8, 2024
ޚަބަރު

އެސްޓީއޯ އިން އެމެރިކާ ކުންފުންޏަކާ އެކީ އެއްބަސްވުމެއް

އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ޖީއީ ހެލްތު ކެއާއާ އެކީ އެސްޓީއޯ އިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެސްޓީއޯ މެޑިކަލް ސާވިސް އިން ބުނީ މި އެއްބަސްވުމުގެ ދަށުން ސިއްހީ ދާއިރާ އަށް ބޭނުންވާ ޒަމާނީ އެކިއެކި ވަސީލަތްތައް ރާއްޖެ އަށް ތައާރަފު ކުރުމުގެ މަގުފަހިވެގެން ދާނެ ކަމަށެވެ. އެގޮތުން ޖީއީ ހެލްތުކެއާ އެކީ އެއްބަސްވުމަކަށް އާދެވުމަކީ ބޮޑު ކާމިޔާބީއެއް ކަމަށް ވެސް ބުންޏެވެ.

އެސްޓީއޯ އިން ބުނީ އެ ކުންފުނީގެ މެޑިކަލް ސާވިސްގެ ދަށުން އަބަދު ވެސް ރާއްޖޭގެ ސިއްހީ ދާއިރާ އަށް ބޭނުންވާ ފެންވަރު ރަނގަޅު ވަސީލަތްތައް ފޯރުކޮށް ދޭން މަސައްކަތް ކުރުމަކީ ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށެވެ. އެސްޓީއޯލް މެޑިކަލް ސާވިސް އިން މިހާތަނަށް ސިއްހީ ދާއިރާ އަށް ބޭނުންވާ ތަފާތު އެތައް ވަސީލަތްތަކެއް ތައާރަފުކޮށްފައިވެ އެވެ.

އެގޮތުން އެތަނުން ބުނީ ރާއްޖޭހެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެސްޓީއޯ އަކީ ރާއްޖެ އަށް ފުޅާ ދާއިރާއެއްގައި ބޭސް ވެސް އެތެރެކޮށް ވިއްކަމުން އަންނަ ކުންފުންޏެކެވެ. އެ ކުންފުނީގެ ފާމަސީތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ހިންގަ އެވެ.

އެސްޓީއޯ މެޑިކަލް ސާވިސް އިން އެއްބަސްވުން ހެދި ޖީއީ ހެލްތުކެއާ ސިއްހީ ހިދުމައްތަކަށް ބޭނުންވާ ފެންވަރު ރަނގަޅު ޒަމާނީ އާލާތްތައް އުފައްދާ ކުންފުންޏެކެވެ. އެ ކުންފުނި އުފެދުނީ މީގެ 29 އަހަރު ކުރިން 1994 ގަ އެވެ.