Last Updated: September 8, 06:39
Sunday, September 8, 2024
ޚަބަރު

މީޑިއާ މައުޒަރު ވަރަށް ކާމިޔާބު: މިނިސްޓްރީ

ފާއިތުވި 8 މަސް ތެރޭގައި އިސްލާމިކް މިނިސްޓްރީން ކުރި މަސައްކަތްތައް ދައްކުވައި ދޭން ކުރިއަށް ގެންދިޔަ "މީޑިއާ މައުޒަރު" ވަރަށް ކާމިޔާބު ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

މި މަހުގެ 21 އާއި 22 އަށް މައުޒަރު ކުރިއަށް ގެންދިޔައީ އިސްލާމީ މަރުކަޒުގަ އެވެ.

މިނިސްޓްރީން ބުނީ "މީޑިއާ މައުޒަރު" އަށް މީޑިއާތަކާއި އާންމުންގެ ފަރާތުން ވެސް ވަރަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށާއި މިކަން ވަރަށް ކާމިޔާބު ކަމަށެވެ.

ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދިޔަ މީޑިއާ މައުރަޒަށް މީޑީއާތަކާއި އާއްމުންގެ ބޮޑު ތަރުހީބެެއް ލިބިއްޖެއެވެ.

އެ މައުރަޒުގެ ތެރޭގައި އިތުރުން މިނިސްޓްރީގެ އެކިއެކި ސެކްޝަންތަކުން ކުރަމުން އަންނަ މަސައްކަތުގެ ތަފުސީލީ މައުލޫމާތު ވެސް ފޯރުކޮށް ދީފައިވެ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މައުރަޒުގައި ބައިވެރިވި ގިނަ ނޫސްވެރިން ފާހަގަކުރި ގޮތުގައި މައުރަޒުގެ ސަބަބުން މީގެ ކުރިން ނޫސްވެރިންނަށް ވެސް ނޭނގޭ މިނިސްޓްރީއާ ގުޅޭ ވަރަށް ގިނަ ކަންކަން އެނގިގެން ދިޔަ ކަމަށެވެ. އަދި މިނިސްޓްރީން ކުރިއަށް ރާވާފަައި ހުރި ބޮޑެތި މަޝްރޫއުތަކުގެ ތަފުސީލުތައް ވެސް ލިބުނުކަން މީޑިއާތަކުން ފާހަގަކުރި ކަމަށް މިނިސްޓްރީން ބުންޏެވެ.

އިސްލާމިކް މިނިސްޓްރީގެ "މީޑިއާ މައުރަޒު" އަކީ މިނިސްޓްރީއަކުން ބޭއްވި ފުރަތަމަ މީޑިއާ މައުޒަރެވެ.