Last Updated: September 8, 06:39
Sunday, September 8, 2024
ޚަބަރު

ފުލުހުންނަށް އިންޒާރުދީ ބިރުދެއްކި މީހެއްގެ ބަންދަށް 15 ދުވަސް

ފުލުހުންނަށް އިންޒާރުދީ ބިރުދެއްކި މީހަކު ހައްޔަރުކޮށް ބަންދު މުއްދަތު ޖަހައިފިއެވެ.

ބިރުދެއްކި މައްސަލައެއްގައި ކްރިމިނަލް ކޯޓުން އިއްޔެ 15 ދުވަހުގެ ބަންދު މުއްދަތު ޖަހާފައިވަނީ އުމުރުން 33 އަހަރުގެ މީހަކަށެވެ.

އޭނާގެ ބަންދު މުއްދަތު ޖަހާފައިވަނީ ތުހުމަތު ކުރެވޭ މިންވަރަށް ހެކި ލިބިފައިވާތީ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ ބަޔާންތަކުން މީނާ ފުލުހުންނަށް އިންޒާރުދީ ބިރުދައްކާފައިވާކަން އެނގޭ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.

މީގެއިތުރުން މީނާ ހައްޔަރު ކޮށްފައިވަނީ މިގޮތަށް އިންޒާރު ދިނުން ތަކުރާރު ކުރަމުންދާތީ ކަމަށްވެސް ބަޔާންތަކުން އެނގޭ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ. އަދި މީނާ ބަންދުން ދޫކޮށްލައިފިނަމަ އިންޒާރު ދިނުމާއެކު މީހަކަށް ގެއްލުމެއް ދިނުމުގެ އިހުތިމާލު ވުޖޫދުގައި އޮތުމުން، މުޖުތަމައުގެ ސަލާމަތަށް ނުރައްކާ އޮތްކަމަށް ފެންނާތީ ބަންދުގައި ބަހައްޓަން އަމުރު ކުރީ ކަމަށްވެސް ކޯޓު އަމުރުގައި ބުނެފައިވެއެވެ.