Last Updated: September 8, 06:07
Sunday, September 8, 2024
ޚަބަރު

އެސްޑީ ބައޯސެންސަ ލެބް އިކްޕްމެންޓް ތައާރަފުކޮށްފި

އެސްޓީއޯ މެޑިކަލް ސާވިސަސް އިން ރާއްޖެ އަށް އެސްޑީ ބަޔޯސެންސަ ލެބް އިކްޕްމެންޓް އިއްޔެ ރޭ ތައާރަފުކޮށްފި އެވެ.

މި ޑިވައިސްތަކުން ވަގުތުން ނަތީޖާ ލިބޭ ޕޮއިންޓް އެފް ކެއާ ޓެސްޓުތައް ހެދޭނެ އެވެ. އަދި މިއީ ބޮޑެތި ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުން ފެށިގެން ގޮސް ކްލިނިކްތަކަަށް ވެސް ވަރަށް ބޭނުންތެރި ފަސޭހަ، އަވަސް އަދި، އިތުބާރު ކުރެވޭނެ ނަތީޖާ ނެރެދޭނެ ޑިވައިސްތަކެއް ކަމަށް އެސްޓީއޯ އިން ބުންޏެވެ.

އެގޮތުން އަލަށް މި ތައާރަފުކުރި ޑިވައިސްތަކުން ހެދޭ ގިނަ ޓެސްޓުތަކަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ޕްރީކޮލިފައިވެފައިވާ ޓެސްޓުތަކެކެވެ.

އެސްޑީ ބަޔޯސެންސާ އަކީ ދެކުނު ކޮރެއާގެ ކުންފުންޏެކެވެ. އެއީ ޑައިގްނޯސްޓިކް ވަސީލަތްތަށް އުފެއްދުމުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ކުންފުންޏެކެވެ. އެގޮތުން އެ ކުންފުނީގެ ޑައިގްނޯސްޓިކް ވަސީލަތްތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ސިއްހީ ދާއިރާގައި ބޭނުން ކުރެވޭ ކޮލިޓީ ރަނގަޅު އިތުބާރު ހިފޭ މޮޅު އުފެއްދުންތަކެއް ކަމަށް އެސްޓީއޯ މެޑިކަލް ސާވިސް އިން ބުންޏެވެ.