Last Updated: September 8, 06:39
Sunday, September 8, 2024
ޚަބަރު

ވައްކަމުގެ މައްސަލައެއްގައި މީހަކު ހޯދަނީ

ފުލުހުން ތަހުގީގު ކުރަމުންގެންދާ ވައްކަމުގެ މައްސަލައެއްގައި މީހަކު ހޯދުމަށް އިއުލާނު ކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ އެ އިދާރާއިން ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވަނީ 27 އަހަރުގެ ހަސަން ޝަކީބް، ތ. ގާދިއްފުށި / މިރިޔާސްގެ ކަމަށެވެ.

އޭނާ ހޯދަމުންދަނީ ޖުލައި 23 ވަނަ ދުވަހުގެ ވަގުތެއްގައި ހުޅުމާލެ ފޭސް ދޭއްްގެ ކެފޭއެއްގެ ކައުންޓަރު މަތީގައި އޮތް ފޯނެއް ވަގަށް ނަގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމަށް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މީނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ހުޅުމާލެ ފޭސް ދޭއް ޕޮލިސް ސްޓޭޝަންގެ ނަންބަރު 9393351 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދިފައިވެއެވެ.