Last Updated: September 8, 06:17
Sunday, September 8, 2024
ޚަބަރު

މަޖިލީހު ރައީސްގެ ގެކޮޅުގެ މަގާމުތަކަށް ބަދަލު ގެންނަނީ

މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުالله- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ރަސްމީ ގެކޮޅު، މުރައިދޫގޭގެ ބައެއް މަގާމުތަކަށް ބަދަލު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި ވަނީ މުރައިދޫގޭގެ މަގާމުތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އެ ކޮމިޓީއަށް ފޮނުވާފައިވާ މައްސަލަ ދިރާސާ ކޮށްފައެވެ.

މަޖިލީހުގެ އިދާރާއިން އާންމު ކޮމިޓީއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، މުރައިދޫގޭގެ މަސައްކަތް ނިމި އެތަން ބޭނުން ކުރެވެންވާއިރަށް، އެތަނަށް ބޭނުންވާ މުވައްޒަފުން ހަމަޖެއްސުމުގެ ކުރިން ބައެއް މަގާމުތަކަށް ބައެއް ބަދަލުގެނައުމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ބޭނުންފުޅުވާ ކަމަށެވެ. އެގޮތުން 4 މަގާމެއް އުވާލާ 4 މަގާމެއް އުފެއްދުމަށާއި އެއް މަގާމެއްގެ ނަން ބަދަލުކުރަން ބޭނުންވާކަން ސިޓީގައި ފާހަގަ ކޮށްފައިވެއެވެ.

މަޖިލިސް ރައީސް އަބްދުއްރަހީމްގެ މި އެދުމާއެއްގޮތަށް އާންމު ކޮމިޓީން ވަނީ މުރައިދޫގޭގެ މަގާމުތަކަށް މި ބަދަލުގެނައުމަށް ނިންމާފައެވެ.

މުރައިދޫގެ މަރާމާތު ކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާއިރު، މަޖިލިސް ރައީސް އަބްދުއްރަހީމް އަދި ދިރިއުޅުއްވަނީ އަމިއްލަ ގެކޮޅުގައެވެ.