Last Updated: September 8, 06:17
Sunday, September 8, 2024
ޚަބަރު

މާލޭގައި މިރޭ ހަވާ އަރުވަނީ

އަމިއްލަ ފަރާތަކުން ބާއްވާ ހަފުލާއަކާ ގުޅިގެން މާލޭގައި މިރޭ ހަވާއަރުވާނެ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ ޕްރައިވެޓް ހަފުލާއެއްގައި މިރޭ 22:15 ހާއިރު ލޮނުޒިޔާރަތް ޕާކާ ދިމާލު ބޭރުން ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިރޭ ހަވާ އެރުވުން ކުރިއަށްދާނީ ގާތްގަނޑަކަށް 3 މިނެޓެއް ހާއިރު ކަމަށްވެސް އެމްއެންޑީއެފްއިން މައުލޫމާތުދެއެވެ.

އަމިއްލަ ފަރާތްތަކުން ބާއްވާ އެކިއެކި ހަފުލާތުގައި ސިފްކޯއިން ވިޔަފާރި އުސޫލުން ހަވާއަރުވައިދެއެވެ.