Last Updated: September 8, 06:07
Sunday, September 8, 2024
ޚަބަރު

ސައުދީ އިލްމުވެރިއެއްގެ ހާއްސަ ދަރުހެއް މިރޭ އައްޑޫގައި

ސައުދީ އަރަބިއްޔާގެ ދީނީ އިލްމުވެރިޔަކާ އެކީ އައްޑޫގައި މިރޭ ވަރަށް ހާއްސަ ދަރުހެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.

"ސިހުރާއި އެސްފީނާގެ ސަބަބުން ކައިވެންޏާއި ދަރިންނަށް ކުރާ އަސަރު" މި މައުޟޫއަށް ބާއްވާ ދަރުސް އޮންނާނީ ގަމުގެ އީކްއެޓަ ވިލެޖްގެ ބްލޫ ލެގޫން ހޯލްގަ އެވެ. ދަރުސް ފަށަން ހަމަޖެހިފައި ވަނީ މިރޭ 8:30 ގަ އެވެ.

މީގައި ބައިވެރިވާން މި ލިންކް https://forms.gle/zvknjfHjZqX7Xm2H9 މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ އެވެ.

ދަރުސް ދެއްވަން ހަމަޖެހިފައި ވަނީ ސައުދީގެ ޝެއިހެއް ކަމަށްވާ އައްޝެއިހް ހާލިދު ބުން އިބްރާހީމް އަލް ހިބްޝީ އެވެ. އޭނަ އަކީ ޝަރުއީ ރުގުޔާގެ ރޮނގުން މި ވަގުތު ދުނިޔޭގައި ތިއްބެވި އެންމެ އިލްމީ އަދި އެންމެ ތަޖުރިބާކާރު ބޭފުޅުންގެ ތެރެއިން އެކެކެވެ.

މި ދަރުހަކީ ތިން ޖަމިއްޔާއެއް ގުޅިގެން އިންތިޒާމު ކުރާ ދަރުހެކެވެ. އެއީ ނޫރުލް އިސްލާމް ޖަމިއްޔާ އާއި މިޝްކާތު ފައުންޑޭޝަންގެ އިތުރުން ހިލާލު ޖަމިއްޔާ އެވެ.

ޝެއިހް ހާލިދުގެ މިރޭ ދަރުހުގެ ކުރިން މައުރިބް ނަމާދަށް ފަހު ފޭދޫ މަސްޖިދުލް ކައުސަރުގައި ދަރުހެއް އޮންނާނެ އެވެ. އެ ދަރުހުގެ މައުޟޫއަކީ "ޝިރުކާއި ސިހުރުގެ ގުޅުން" އެވެ.