Last Updated: September 8, 06:17
Sunday, September 8, 2024
ޚަބަރު

އިންޑިއާ ސަފީރު މަޖިލީހުގެ ރައީސާ ބައްދަލުކޮށްފި

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ.

އިންޑިއާ ސަފީރު މުނޫ މަހާވަރު މަޖިލިސް ރައީސްގެ އަރިހަށް ކުރެއްވި އިހްތިރާމުގެ ޒިޔާރަތާ ގުޅޭ އިތުރު ތަފްސީލެއް މަޖިލީހުން ހާމަކޮށްފައެއްނުވެއެވެ.

މި ބައްދަލުކުރެއްވުމުގައި މަޖިލީހުގެ ރައީސްގެ އިތުރުން ނައިބުރައީސް އަހުމަދު ނާޒިމް އަދި މެޖޯރިޓީ ލީޑަރު އިބްރާޙިމް ފަލާހު ބައިވެރިވެވަޑައިގެންފައިވެއެވެ.