Last Updated: September 8, 06:07
Sunday, September 8, 2024
މުނިފޫހިފިލުވުން

"ސާޔާ" ގެ ޓިކެޓް ވިއްކަން ފަށައިފި

އަންނަ މަހު ބެލުންތެރިންނަށް ގެނެސްދޭން ހަމަޖެހިފައިވާ ފިލްމު "ސާޔާ" ގެ ޓިކެޓް އޮލިމްޕަހުން ވިއްކަން ފަށައިފި އެވެ.

ފިލްމުގެ ޓިކެޓާ ބެހޭ އިތުރު މައުލޫމާތު 9732000 ނަމްބަރުން ލިބޭނެ އެވެ.

އަންނަ މަހުގެ 7 ވަނަ ދުވަހުގެ ރޭ ޕްރީމިއާކުރަން ހަމަޖެހިފައިވާ "ސާޔާ" އަކީ މަޝްހޫރު އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓްކޮށް އަދި މުހިއްމު ރޯލެއް ވެސް ކުޅެފައިވާ ލޯބީގެ ބިރުވެރި ފިލްމެކެވެ. މީގެ ލީޑް ކާސްޓްގައި އައިމިނަތު ރަޝްފާ (އާޝާ) އާއި އިބްރާހީމް ޖިހާދު (ޖިމީ) ވެސް ފެނެ އެވެ.

ޔޫއްޕެ ޕްރޮޑަކްޝަނާއި ޕްރޮޑިއުސަރު އިސްމާއީލް ޝަފީގުގެ ޝައި ޕްރޮޑަކްޝަން ގުޅިގެން ހަދާފައިވާ "ސާޔާ" ގެ އިތުރު ކާސްޓުންގެ ތެރޭގައި ތަޖުރިބާކާރު އެކްޓަރުން ކަމަށްވާ އަހުމަދު ނިމާލާއި މުހައްމަދު މަނިކު ވެސް ހިމެނެ އެވެ.

މި ފިލްމަކީ މި އަހަރު އޮލިމްޕަހަށް އަންނަ 6 ވަނަ ފިލްމެވެ. އެންމެ ފަހުން އެތަނުގައި ދެއްކީ އިޓާނަލް ޕިކްޗާސްގެ "ލަސްވިޔަސް" އެވެ.