Last Updated: September 8, 06:39
Sunday, September 8, 2024
ޚަބަރު

ތިނަދޫ މަގު ހެދުމުގެ ދެވަނަ ފިޔަވަހި ނިމިއްޖެ

ތިނަދޫ ސިޓީޣެ މަގު ހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިމިއްޖެ އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ މި މަޝްރޫޢުގެ ދަށުން ކުރެވުނު މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި 6.5 ކިލޯމީޓަރުގެ މަގުގައި ތާރު އަޅައި ޒަމާނީ ފެންވަރަށް މަގު ތަރައްޤީ ކުރުމުގެ މަސައްކަތްތަކާއި މަގުބައްތި ޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ.

މި މަސައްކަތަކީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަސައްކަތެކެވެ. އެގޮތުން މި މަޝްރޫއުގެ ދަށުން ތިނަދޫގެ 14 މަގެއް ތަރައްގީކޮށްފައިވެ އެވެ.

މިއީ ދައުލަތުގެ ބަޖެޓުން 78 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދިޔަ މަސައްކަތެކެވެ.