Last Updated: September 8, 06:17
Sunday, September 8, 2024
ރިޕޯޓް

ކީރިތި ޤުރުއާނުގެ އަދަބުތައް

* الله ގެ ވަޖްހުފުޅު އަދައިގެން ޤުރްއާން ކިޔެވުން
* ކީރިތި ޤުރުއާނުގެ މާތް ކަމާއި މަތިވެރިކަން އަބަދުވެސް ހިތްމަތީ ބޭއްވުން
* ދެ ޙަދަޘުން ޠާހިރުވެގެންވާ ޤުރްއާން ކިޔެވުން
* ތަނާއި ފޭރާން ސާފު ޠާހިރުކޮށް، ދަތް އުނގުޅައިގެން، ހުވަނދުލައިގެން ޤުރުއާން ކިޔެވުން
* އަޢޫޛާއި ބިސްމި ކިޔައިގެން ޤުރުއާން ކިޔެވުން
* އަދަބުވެރި ހައިއަތެއްގައި ޤުރުއާން ކިޔަވަން އިނުން
* ޤިބްލައަށް ކުރިމަތިލައިގެން އިނދެ ޤުރްއާން ކިޔެވުން
* މުޞްޙަފުން ކިޔެވުން
* ޤުރްއާން ކިޔަވާއިރު ތަޖުވީދުގެ ހަމަތަކުގެ މަތިން ރީތި ރާގުގައި ޤުރްއާން ކިޔެވުން
* އާޔަތްތައް ނިމޭތަންތަނަށް ވަޤްފުކުރަމުން ކިޔެވުން
* ރަޙްމަތުގެ އާޔަތްތައް ކިޔަވާހިނދު ރަޙްމަތަށް އެދި ދުޢާކުރުން
* ޢަޛާބުގެ އާޔަތްތައް ކިޔަވާހިނދު ޢަޛާބުން ރައްކާތެރިކަމަށް އެދި ދުޢާކުރުން
* ކީރިތި ޤުރުއާން ކިޔަވާހިނދު ރޮއިހެދުން
* ކީރިތި ޤުރުއާނަށް ޢަމަލުކުރުން
* ކީރިތި ޤުރުއާނުގެ އަޚްލާޤުން ޒީނަތްތެރިވުން
* ކީރިތި ޤުރުއާން ހިތުދަސްކުރަން މަސައްކަތްކުރުން
* ކީރިތި ޤުރުއާނުގެ އާޔަތްތަކާއިމެދު ވިސްނާ ފިކުރު ހިންގުން
* ޚަތިމު ކުރުމަށް ފަހު އަލުން ކިޔަވަން ފަށާފަ ބޭއްވުން
* ކީރިތި ޤުރުއާން ކިޔެވޭ އަޑު އިވޭ ހިނދު ކަނުލައި އަޑުއެހުން
* ކީރިތި ޤުރުއާން އުފުލައި ނަގައި ބާއްވައި ހެދުމުގައި އިޙްތިރާމާއި ޤަދަރާއިއެކީ ގެންގުޅުން
* ތިލާވަތުގެ ސަޖިދަ ޖަހަން އޮންނަ ތަންތަނުގައި ތިލާވަތުގެ ސަޖިދަ ޖެހުން
* އާފުރަމުން ޤުރުއާން ނުކިޔެވުން
* ވައިބޭރުވާ ހިނދު ޤުރުއާން ނުކިޔެވުން
* ކީރިތި ޤުރުއާން ހަޖުރު ނުކުރުން
* ޤިރާޢަތުގެ ޢިލްމު ނެތި ޤިރާއަތްތަކަށް ނުކިޔެވުން
* ނަމާދުކުރަން ހުރި މީހަކަށް އުނދަގޫވާނެހެން ބާރު އަޑުން ޤުރުއާން ނުކިޔެވުން
* ލަވަޔާއި މިއުޒިކީ ރާގުތަކަށް ޤުރުއާން ނުކިޔެވުން
* ކީރިތި ޤުރުއާނުގެ މާނައާއި މެދު ނުވިސްނޭނެހެން، އަދި ތަޖުވީދުގެ ހަމަތައް ގެއްލޭހެން މާ އަވަސްކޮށް ނުކިޔެވުން
* ޤުރްއާން ކިޔަވާއިރު، ނުވަތަ އަޑު އަހަމުންދާއިރު ޤުރްއާނުގެ މާތްކަމާއި ޤަދަރަށް ބުރޫއަރާފާނެ އެއްވެސް ކަމެއް ނުކުރުން
* ކީރިތި ޤުރުއާން ހިފައިގެން ނަޖިސްތަންތަނަށް ނުވަނުން
* ކީރިތި ޤުރުއާނަށް ގެއްލުންދީ އިހާނާތްތެރިކޮށް ކަންތައްކޮށްފާނެ ބަޔަކު އުޅޭ ތަނަކަށް މުޞްޙަފު ހިފައިގެން ނުދިއުން
* ރުކޫ ޢާއި ސަޖިދައިގައި ޤުރުއާން ނުކިޔެވުން
* ކީރިތި ޤުރުއާނުގެ ބާވެފައިވާ މުޞްޙަފުތަކާއި، ޤުރުއާނުގެ އާޔަތްތައް ލިޔެވިފައިވާ ފޮތްތައް ކުނިވަށިގަނޑަށް އެއްލާނުލުމާއި، އެފަދަ ތަކެތި ނައްތާލުމުގައި ޤުރުއާނުގެ ޤަދަރާއި ކަރާމާތައް ރައްކާތެރިވުން

ނޯޓް: މިއީ ޝެއިހް އަހުމަދު ރިމާޒުގެ ލިޔުއްވުމެކެވެ.