Last Updated: October 18, 10:18
Friday, October 18, 2024
މުނިފޫހިފިލުވުން

"ޕިރް އާއީ ހަސީން ދިލްރުބާ" ގެ ޓްރެއިލާ

"ޕިރު އާއީ ހަސީން ދިލްރުބާ" ގެ ޓްރެއިލާ މިއަދުދ ދައްކާލައިފި އެވެ.

އަންނަ މަހުގެ 9 ގައި ނެޓްފްލިކްސް އިން ޕްރީމިއާކުރަން ހަމަޖެހިފައިވާ މި ފިލްމަކީ ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލު ކަމެއް ލިބުނު 2021 ގެ ރޮމޭންޓިކް ތުރިލާ "ހަސީން ދިލްރުބާ" ގެ ސީކްއެލް އެވެ.

ކުރީގެ ބަޔާ އެއްގޮތަށް އާ ފިލްމުގައި ވެސް މުހިއްމު ރޯލުތަކުން ތާޕްސީ ޕައްނޫ އާއި ވިކްރާންތު މަސީ ފެނިގެން ދާނެ އެވެ. އަދި ކުރީގެ ބައިގައި ހާޝްވަރުދަން ރާނާ ހިމެނުނު އިރު، ދެވަނަ ބައިގައި ދެން އެންމެ މުހިއްމު ރޯލަކުން ފެންނާނީ އެކްޓަރު ވިކީ ކޯޝަލްގެ ކޮއްކޮ ސަނީ ކޯޝަލް އެވެ.

"ޕިރު އާއީ ހަސީން ދިލްރުބާ" ވެސް ފުރަތަމަ ބައިގެ ސްކްރީން ރައިޓަރު ކަނިކާ ދިލަންގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ އިރު، ފިލްމު ޑައިރެކްޓްކުރީ ޖޭޕްރާދު ދެސާއި އެވެ.

ފުރަތަމަ ބައި ޑައިރެކްޓްކުރީ ވިނިލް މެތިއު އެވެ.

"ޕިރު އާއީ ހަސީން ދިލްރުބާ" އަންނަ މަހުގެ 9 ގައި ބެލުންތެރިންނަށް ގެނެސްދޭ އިރު، އަންނަ މަހުގެ 15 ގައި ތާޕްސީއާ އެކީ ބޮޑު ކާސްޓެއް ހިމެނޭ ރޮމޭންޓިކް ކޮމެޑީ "ކޭލް ކޭލް މޭ" ސިނަމާތަކަށް ގެންނާނެ އެވެ.