Last Updated: October 18, 05:52
Friday, October 18, 2024
ޚަބަރު

އިންޓަ-ސްކޫލް ނެޓްބޯޅަ މުބާރާތް އަންނަ މަހު

އިންޓަ-ސްކޫލް ނެޓްބޯޅަ މުބާރާތް އަންނަ މަހު ބާއްވަން ނިންމައިފި އެވެ.

އަންނަ މަހުގެ 8 ގައި ފަށާ މުބާރާތުގައި މިފަހަރު ބައިވެރި ވަނީ މާލެ ސަރަޙައްދުގެ 17 ސްކޫލަކުންނެވެ. އަދި މިއީ މި މުބާރާތް ބާއްވާ 25 ވަނަ އަހަރެވެ.

އިންޓަ-ސްކޫލް ނެޓް ބޯޅަ މުބާރާތް ކުރިއަށް ގެންދަނީ ތިން އުމުރު ފުރައަކަށެވެ. އެއީ 13 އަހަރުން ދަށާއި 15 އަހަރުން ދަށާއި 17 އަހަރުން ދަށެވެ. މި އަހަރުގެ މުބާރާތުގައި 13 އަހަރުން ދަށުގެ ބައިގައި ސޯޅަ ސްކޫލަކުން، 15 އަހަރުން ދަށުގެ ބައިގައި 17 ސްކޫލަކުން 17 އަހަރުން ދަށުގެ ބައިގައި 11 ސްކޫލަކުން ވާދަކުރާނެ އެވެ.

މިދިޔަ އަހަރުގެ މުބާރާތުގެ 13 އަހަރުން ދަށާއި 17 އަހަރުން ދަށުގެ ޗެޕްޕިއަންކަން ހޯދީ އިސްކަންދަރުންނެވެ. އަދި 15 އަހަރުން ދަށުގެ ޗެމްޕިއަނަކީ ޣިޔާޘުއްދީން ސްކޫލެވެ.