Last Updated: September 8, 06:39
Sunday, September 8, 2024
ޚަބަރު

މާރާމާރީ ހިންގި ދެވަނަ މީހާ ވެސް ޝަރީއަތް ނިމެންދެން ބަންދަށް

criminal court
ފޮޓޯ: އަވަސް އޮންލައިން

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި މި މަހުގެ އަށްވަނަ ދުވަހު ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި ދެވަނަ މީހާވެސް ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

މަރާމާރީއާ ގުޅިގެން ރޭ ހައްޔަރު ކުރީ އުމުރުން 23 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން ބުނީ އޭނާގެ ބަންދާމެދު ގޮތް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދު ކުރަން އަމުރު ކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން މީގެކުރިން ވަނީ 22 އަހަރުގެ ދިވެހި ފިރިހެނަކު ވެސް ހައްޔަރުކޮށްފަ އެވެ. އޭނާ ވެސް ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.