Last Updated: September 8, 06:39
Sunday, September 8, 2024
ޚަބަރު

ކަސްޓަމްސްގެ 30 އޮފިސަރަކު އިންޑިއާ އަށް

މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ 30 އޮފިސަރަކު އިންޑިއާ އަށް ތަމްރީނަށް ފޮނުވުމަށް ނިންމައިފި އެވެ.

ކަސްޓަމްސްގެ ހެޑް އޮފީހުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އިންޑިއާއަށް ފުރަން ހަމަޖެހިފައިވާ އޮފިސަރުންނަށް ލިޔުން ހަވާލުކޮށްދެއްވީ ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު މުނު މަހާވަރު އެވެ.

ކަސްޓަމްސްގެ އޮފިސަރުން މިފަހަރު ތަމްރީނަށް ހެދުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ޕަލާސަމުދްރަމްގައި ހުންނަ ނެޝަނަލް އެކަޑަމީ އޮފް ކަސްޓަމްސްގައި އާއި އިންޑައިރެކްޓް ޓެކްސް އަދި ނާކޮޓިކްސް (އެންއޭސީއައިއެން) ގައެވެ.

ތަމްރީން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ މި މަހުގެ 29 އިން އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށެވެ.

ކަސްޓަމްސްގެ އޮފިޝަލުންގެ ތެރެއިން 200 އަށް ވުރެ ގިނަ އޮފިޝަލުން ވަނީ އިންޑިއާ އަށް ގޮސްގެންނާއި އަދި އޮންލައިންކޮށް ތަމްރީންތަކެއް ފުރިހަމަކޮށްފަ އެވެ.