Last Updated: September 8, 06:17
Sunday, September 8, 2024
ޚަބަރު

ފަރުދުންގެ މިނިވަންކަން ދިފާއުކުރަން އަބަދުވެސް ތައްޔާރު

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް

ފަރުދުންގެ މިނިވަންކަން ދިފާއުކުރަން އެމްޑީޕީ އަބަދުވެސް އޮންނާނީ ތައްޔާރަށް ކަމަށް، އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

މިނިވަން ދުވަހާއި ގުޅިގެން ފައްޔާޒު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގައުމެއްގެ ހަގީގީ މިނިވަންކަން އުފެދިގެން އަންނަނީ ފަރުދުންގެ ތެރެއިން ކަމަށާއި އެ މިނިވަންކަން ދިފާއުކޮށް ނެގެހެއްޓުމަށް ކުރަންޖެހުނު ކޮންމެ ކަމަކާއި ވާންޖެހުނު ކޮންމެ ގުރުބާނީއެއް ވާން އެމްޑީޕީ އަބަދުވެސް އޮންނާނީ ސާބިތުކަމާ އެކީ ތައްޔާރަށް ކަމަށެވެ.

މިނިވަން ދުވަސް ފާހަގަކުރަނީ ރާއްޖެއަށް ސިޔާސީ ފުރިހަމަ މިނިވަންކަން ލިބުން ފާހަގަކުރުމުގެ ގޮތުންނެވެ. ރާއްޖެއަށް ސިޔާސީ ފުރިހަމަ މިނިވަންކަން ލިބުނު އެއްބަސްވުމުގައި ސޮއިކުރެވުނީ 1965 ވަނަ އަހަރުގެ ޖުލައިމަހުގެ 26 ވަނަ ދުވަހު އެވެ.

މިނިވަން ދުވަހަކީ ކޮންމެ ޤައުމެއްގައި ވެސް މުހިންމު އިސްކަމެއްދީގެން އެ ގައުމުގެ ގައުމީ ވަންތަކަމާއި، މިނިވަންކަމުގެ ރަމްޒު ފާހަގަކުރުމުގެ ގޮތުން ކުލަގަދަ ގޮތެއްގައި ފާހަގަކުރަމުން އަންނަ ދުވަހެކެވެ.