މިނިވަން ދުވަސް ފާހަގަކުރާއިރު ސިޔާސީ ގޮތުން އެއްވެސް މީހަކު ހައްޔަރު ކުރެވިފައި ނެތުމަކީ ލިބޭ އުފަލެއް ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރަމުންދާ މިނިވަން ދުވަހުގެ މުނާސަބަތުގައި ދެއްވި ވީޑިއޯ މެސެޖުގައި އާދަމް ވިދާޅުވީ މިނިވަން ދުވަސް ފާހަގަކުރާއިރު ސިޔާސީ ގޮތުން އެއްވެސް މީހަކު ހައްޔަރު ކުރެވިފައި ނެތުމަކީ އުފާކުރާ ކަމެއް ކަމަށާއި ރައްޔިތުން މިއަދު ބޭނުން ވަނީ އުފާވެރިކަމާއި ފާގަތިކަމުގައި އުޅެވޭނެ ދުވަސްތަކެއް ކަމަށެވެ.
އެ މަގުން މަސައްކަތް ކުރުމުގައި ދިވެހި ސަރުކާރާއި ކައުންސިލްތަކުން މަސައްކަތް ކުރަމުން ގެންދާނެ ކަމަށާއި، ރައްޔިތުންނަށް ބާޖަވެރި ކަމަށް އެދޭ ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
މިނިވަން ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރަން pic.twitter.com/BHv9u7fMA6
— Ministry of Cities, Local Government, Public Works (@MoCLPmv) July 25, 2024
މިނިވަން ދުވަސް ފާހަގަކުރަނީ ރާއްޖެއަށް ސިޔާސީ ފުރިހަމަ މިނިވަންކަން ލިބުން ފާހަގަކުރުމުގެ ގޮތުންނެވެ. ރާއްޖެއަށް ސިޔާސީ ފުރިހަމަ މިނިވަންކަން ލިބުނު އެއްބަސްވުމުގައި ސޮއިކުރެވުނީ 1965 ވަނަ އަހަރުގެ ޖުލައިމަހުގެ 26 ވަނަ ދުވަހު އެވެ.