Last Updated: October 18, 10:45
Friday, October 18, 2024
ޚަބަރު

ގަވާއިދާ ހިލާފަށް އުޅުނު 16 ބިދޭސީއަކު އަތުލައިގެންފި

މާލޭގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ 16 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ރޭ މާލޭގެ ހަތަރު ތަނެއް ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް މަސައްކަތްކުރަމުންދިޔަ 16 ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އިމިގްރޭޝަނުން ވަނީ އާއްމުންނަށް ރިޕޯޓު ކުރެވޭގޮތަށް ހުޅުވާލި "އިމިގްރޭޝަން ވޮޗް" ޕްލެޓްފޯމާ އެކު މި އޮޕަރޭޝަން ކުރިޔަށް އޮތްތަނުގައި އިތުރަށް ފުޅާވެގެންދާނެ ކަމަށް ބުނެފަ އެވެ.

ގަވާއިދާ ޚިލާފަށް ވިޔަފާރިތަކުގައި ޝާމިލުވާ ބިދޭސީން ހޯދުމަށް މިފަހުން ފެށި ޚާއްސަ އޮޕަރޭޝަންގެ ދަށުން، މިހާތަނަށް 60އަށް ވުރެ ގިނަ ތަންތަން ބަލާ ފާސްކޮށް 125 އަށްވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ.

"އިމިގްރޭޝަން ވޮޗް"އަކީ، އިމިގްރޭޝަނާއި ގުޅޭ މައްސަލަތައް 24 ގަޑީއިރުގެތެރޭގައި އިމިގްރޭޝަނަށް ފޮނުވޭ ގޮތަށް ފަރުމާކޮށްފައިވާ އޮންލައިން ޕްލެޓްފޯމެކެވެ.