Last Updated: September 8, 06:17
Sunday, September 8, 2024
ޚަބަރު

ރާއްޖޭގެ ބޮޑު ސަރަަހައްދެއް ވައިޓް އެލާޓްގައި

ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފި އެވެ.

މޫސުމާ ބެހޭ އިދާރާ އިން އެ އެލާޓް ނެރެފައި ވަނީ ހެނދުނު 11:30 އާ ހަމައަށް ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށެވެ.

އެލާޓް ނެރެފައިވާ ވަގުތުގެ ތެރޭގައި ބޯކޮށް ވާރޭ ވެހުމާ އެކީ ގުގުރައި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ދުވަސްވަރެކެވެ.