Last Updated: September 8, 03:07
Saturday, September 7, 2024
ޚަބަރު

މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

މިއަދު ފާހަގަކުރަމުން އަންނަ މިނިވަން ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނަށް ފޮނުއްވައިފި އެވެ.

ސޯޝަލް މީޑިއާ ޕޯސްޓެއްގައި އެ މަނިކުފާނު ވިދާޅުވީ މިނިވަންކަމުގެ މަތިވެރި ނިޢުމަތް އަބަދުމެ ދެމެހެއްޓެވުން އެދި ދުޢާކުރަމުން ދިވެހީންގެ ފަޚުރުވެރި މިނިވަން ދުވަހުގެ ތަހުނިޔާ ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރައްވާ ކަމަށެވެ.

މިއަދަކީ ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހެވެ. މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޖުލައި 26 އެވެ.