Last Updated: September 8, 03:07
Saturday, September 7, 2024
ޚަބަރު

މިނިވަން ކަމަކީ އެންމެ ބޮޑު ނިއުމަތް: ނައިބު ރައީސް

މިނިވަންކަމަކީ ޤައުމަކަށް ލިބޭނެ އެންމެ ބޮޑު ނިޢުމަތް ކަމަށާއި ޤައުމެއްގެ ރައްޔިތުންގެ އުންމީދުތައް ހާސިލު ވާނީ ވެސް މިނިވަންކަން އޮވެގެން ކަމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެ އެވެ.

މިއަދު ފާގަގަކުރާ ރާއްޖޭގެ 59 ވަނަމިނިވަން ދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްޞަ ވީޑިއޯ މެސެޖެއްގައި އެ މަނިކުފާނު ވިދާޅުވީ ރާއްޖެ އަކީ މިނިވަންކަމުގެ ދިގު މާޒީއެއް އޮތް ޤައުމެއް ކަމަށެވެ. އަދި ރާއްޖޭގެ މިނިވަންކަމަށް ބަޔަކު އަތްގަދަކުރާ ކޮންމެ ފަހަރަކު ހިތްވަރުގަދަ ދިވެހި ދަރީންތަކެއް ނުކުމެ ޤައުމު ސަލާމަތްކޮށްދޭ ކަމަށް ވެސް ވިދާޅުވިއެވެ.

ނައިބު ރައީސް ވަނީ ދިވެހި މިނިވަންކަމުގެ ޙައްޤުގައި ޖިހާދުކުރެއްވި ވަރުގަދަ ބަޠަލުންގެ ޒިކުރާ އާކުރައްވައި ކާބަފައިންވީ ގުރުބާނީ ޝުކުރުވެރިކަމާއެކު ފާހަގަ ވެސް ކުރައްވައިފަ އެވެ.

އެ މަނިކުފާނު ވިދާޅުވީ މިނިވަންކަމާއި އިސްތިޤްލާލް ރައްކާތެރި ކުރުމަށާއި، ޤައުމުގެ ސުލްޙަވެރިކަމާ އެއްބައިވަންތަކަން ދެމެހެއްޓެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ މަސައްކަތަށް ހުރިހާ ރައްޔިތުން ބައިވެރިވެވަޑައިގަންނަވަން ޖެހޭ ކަމަށެވެ.