Last Updated: September 8, 03:07
Sunday, September 8, 2024
މުނިފޫހިފިލުވުން

"ސާޔާ" ގެ ޓްރެއިލާ ބަލާލަން ވާނެ

އަންނަ މަހު އޮލިމްޕަހަށް ގެންނަން ނިންމާފައިވާ ލޯބީގެ ބިރުވެރި ފިލްމު "ސާޔާ" ގެ ރަސްމީ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.

އަންނަ މަހުގެ 7 ވަނަ ދުވަހުގެ ރޭ ޕްރީމިއާކުރަން ހަމަޖެހިފައިވާ މި ފިލްމަކީ ޔޫސުފް ޝަފީއު ޔޫއްޕެ) ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. "ސާޔާ" ގެ ލީޑް ތަރިންނަކީ ޔޫއްޕެ އާއި އައިމިނަތު ރަޝްފާ (އާޝާ) އާއި އިބްރާހީމް ޖިހާދު (ޖިމީ) އެވެ.

އޮލިމްޕަހުން މިހާރު ޓިކެޓް ވެސް ވިއްކަމުން އަންނަ މި ފިލްމަކީ ޔޫއްޕެ ޕްރޮޑަކްޝަނާއި ޕްރޮޑިއުސަރު އިސްމާއީލް ޝަފީގުގެ ޝައި ޕްރޮޑަކްޝަން ގުޅިގެން ގެނެސްދޭ ފިލްމެކެވެ.

ޔޫއްޕެ މިދިޔަ އަހަރު ވެސް ބެލުންތެރިންނަށް ބިރުވެރި ފިލްމެއް ގެނެސްދިނެވެ. އެއީ "ކަޅަކި" އެވެ. އަދި އޭނަ ގެނެސްދީފައިވާ އިތުރު ބިރުވެރި ފިލްމުތަކުގެ ތެރޭގައި "ދައުވަތު" އާއި "އެ ދަތުރު" ހިމެނެ އެވެ.