Last Updated: September 8, 06:17
Sunday, September 8, 2024
ޚަބަރު

ވެހިކަލް ލިމިޓްކުރުމާ ގުޅޭ މަސައްކަތް ފަށައިފި

މާލެ ސަރަހައްދުގައި ވެހިކަލް ލިމިޓް ކުރުމާއި އެ އެއްޗެހީގެ މުއްދަތުި ކަނޑައެޅުމުގެ މަސައްކަތް ފަށައިފި އެވެ.

އެ މަސައްކަތް ފަށާފައިވަނީ ވަކި ރަށެއްގައި ނުވަތަ ސިޓީއެއްގައި ނުވަތަ ސަރަހައްދެއްގައި އެއްގަމު އުޅަނދު ރަޖިސްޓްރީކޮށް ދޭނެ އަދަދާއި އުޅަނދު ބޭނުންކުރެވޭނެ މުއްދަތު އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލުން ކަނޑައަޅަންވާނެކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާތީ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.

އެކަން ގާނޫނުގައި ބަޔާންކޮށްފައި ވިޔަސް މިހާތަނަށް އެގޮތަށް ޢަމަލު ކުރެވިފައި ނުވާ ކަމަށް މިނިސްޓްރީން ބުންޏެވެ. ސަބަބަކީ އެކަމަށް އެކުލަވާލާފައިވާ ގަވާއިދަކީ ތަންފީޒު ކުރުމަށް އެކަށޭނެ މިންގަނޑަށް ނުފެތޭ ގޮތަށް ހެދިފައިވާ ގަވާއިދަކަށްވާތީ އެވެ.

ނަމަވެސް މި އަހަރުގެ މާޗް މަހު ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ކައުންސިލްތަކަށް މަސައްކަތް ކުރެވޭނެ މިންގަނޑަށް ގަވާއިދު އިޞްލާޙުކޮށް ގެޒެޓްކޮށްފައެވެ. މިއާ އެކީ މާލެ ސިޓީ ކައުންސިލުން ވަނީ އެ މަސައްކަތް ފަށައިފައެވެ.

އެ މިނިސްޓްރީން ހެދި ސާވޭއަކުން ދައްކާ ގޮތުގައި މާލެ ސަރަހައްދުގައި 118,000 އަށް ވުރެ ގިނަ ވެހިކަލް ރަޖިސްޓްރީކޮށްފައިވެ އެވެ. ކަމަށް ދައްކައެވެ. އަދި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ދެ ފުރޮޅުލީ ވެހިކަލްތަކުގެ 70 ޕަސެންޓަކީ މާލެ ސަރަހައްދުގައި ރަޖިސްޓްރީކޮށްފައިވާ އެއްޗިއްސެވެ.